ޕްލޭނިން މިނިސްޓްރީން ދޭ އިމާރާތް ކުރުމާ ގުޅުންހުރި ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އިމާރާތް ކުރުމުގެ ދާއިރާ އާ ގުޅޭ ހިދުމަތްތައް ދޭނީ އީ މެއިލް މެދުވެރިކޮށާއި އޮންލައިންކޮށެވެ. އަދި، އެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ހާއްސަ ނަންބަރުތަކެއް ވެސް މިހާރު ހަމަޖައްސާ ގެޒެޓު ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޮންލައިން ކޮށްފައިވާ ހިދުމަތް
- ފައުންޑޭޝަން ސިސްޓަމް އެޕްރޫވް ކުރުމަށް ހުށަހެޅުން
- ރަޖިސްޓްރޭޝަންތައް / ލައިސަންސްތައް ހޯދުމަށް ހުށަހެޅުން
- އިމާރާތްކުރުމާގުޅޭ ތަކެތި އެތެރެކުރާ އަދި އުފައްދާތަކެތީގެ މެޓީރިއަލް އެޕްރޫވަލްއަށް ހުށަހެޅުން
- އިރާތްކުރުމާ ގުޅޭ ގަވާއިދު / ސްޓޭންޑަރޑް/ ބިލްޑިންގ ކޯޑު / އުޞޫލާ ގުޅޭގޮތުން
- އެކި ފަރާތްތަކާމެދު ހުށަހަޅާ މައްސަލަ އާއި ނުރައްކާތެރި އިމާރާތްތަކާ ގުޅޭ މައްސަލަތައް
- ކައުންސިލްތަކުން ހުށަހަޅާ ފާސްކޮށްފައިވާ ކުރެހުންތައް ހުށަހެޅުމަށް
- ޢިމާރާތްކުރުމުގެ ޤާނޫނާ ގުޅޭ އެހެނިހެން ކަންކަން
ޕްލޭނިން އިން އިތުރަށް ބުނީ، އެ މިނިސްޓްރީން މިހާރު ހިދުމަތަށް އެދޭ ލިޔެކިޔުން ބަލައިގަންނަ ޑްރޮޕްބޮކްސް އަށް ތަކެތި ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ކަމަށާއި ޑްރޮޕްބޮކްސްގެ ހިދުމަތް އަލުން ފެށުމުން އެކަން އިއުލާން ކުރާނެ ކަމަށެވެ.