ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިސްމާއީލް ޒަކަރިއްޔާ ވެންޓިލޭޓަރުގައި

Aug 20, 2020

ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން ދެ ފަހަރަށް ކުރެއްވެވި އަދި ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވަވައި ދައުލަތަށް ގިނަ ދުވަހު ހިދުމަތައް ކުރައްވާފައިވާ އިސްމާއީލް ޒަކަރިއްޔާ ކޮވިޑް ބައްޔަށް ޕޮޒިޓްވެ، އޭނާގެ ހާލު ދެރަވެފައިވާތީ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

ކޮވިޑްގައި އޭނާގެ ހާލު ދެރަވި އިރު އުމުރުފުޅަކީ 79 އަހަރެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އޭނާ އެޑްމިޓް ކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު އޭނާ ބާއްވާފައި އޮތީ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގަ އެވެ.

އިސްމާއީލް ޒަކަރިއްޔާ އެންމެ ގިނަ ދުވަހު އަދި އެންމެ ފަހުން މަސައްކަތް ކުރެއްވީ ޔޫތު މިނިސްޓްރީގަ އެވެ.

ވަރަށް ހިތްހެޔޮ މިޒާޖަކާއެކު އެންމެނާ ގާތް ކަމެއް ބާއްވައިގެން ދިރިއުޅުއްވަމުން ވަޑައިގެންނެވި އިސްމާއީލްގެ 15 ބޭފުޅުން ތިއްބަ އެވެ. އޭގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން ޝާހު އިސްމާއީލް އާއި މާދިހު އިސްމާއީލް އާއި އެމްއެންޑީއެފްގެ މޭޖާ އިބްރާހިމް އާޒިމަކީ އޭނާގެ ބޭފުުޅުންގެ ތެރެއިން ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ހިދުމަތްތެރިންނެވެ.