ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިވިލް ކޯޓް

ކޮވިޑް ތެރޭ އޮޅިގެން ޖަމާކުރި ފައިސާ ނުދައްކައިގެން ޕީއެންސީ މީހަކަށް ހުކުމެއް

ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގް -- ފޮޓޯ: އަވަސް
0%
0%
0%

ކޮވިޑް-19ގެ ތެރޭގައި ކުރީ ސަރުކާރުން ދިން، އިންކަމް ސަޕޯޓް، ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ޖަމާކުރެވުނު އަންހެނެއްގެ އަތުން އެ ފައިސާ ހޯދުމަށް ހުކުމެއްކޮށްފި އެވެ.

ކޮވިޑް ދުވަސްވަރު، އިންކަމް ސަޕޯޓްގެ ގޮތުގައި ސަރުކާރުން ފައިސާ ދިނީ، އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށެވެ.

އޮޅިގެން، ޖަމާކުރެވުނު ފައިސާއަކީ މިހާރު ޕީއެންސީގެ ދަފްތަރުގައި އޮތް އަންހެނަކަށް އިކޮނޮމިކް މިނިސްޓްރީއަށް އިތުރަށް ޖަމާކުރެވުނު 18،000 ރުފިޔާއެވެ.

މި ފައިސާ އެ އަންހެން މީހާގެ އަތުން އަނބުރާ ހޯދަން، ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުންވަނީ އެ އަންހެން މީހާގެ މައްޗަށް ދެ ހަފުތާ ތެރޭގައި އެ ފައިސާ އަނބުރާ ރައްދު ކުރަން ހުކުމްކޮށްފަ އެވެ.

މ. އޮކްސިޑެންޓްވލާ މަރިޔަމް ހަމްނާ ނަމަކަށް ކިޔާ އަންހެން މީހާގެ މައްޗަށް އެ ހުކުމް ސިވިލް ކޯޓުން އިއްވާފައިވަނީ އެ އަންހެން މީހާގެ ގައިރު ހާޒިރުގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345