ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ޖެހިގެން ކާނަލް އަބްދުލްޣަނީީ މަރުވެއްޖެ

ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީީ މަރުވެއްޖެ އެވެ. އޭނާ މަރުވީ ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނިކޮށެވެ.

މިއީ މިހާތަނަށް ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވި 25 ވަނަ މިހާ އެވެ.

ކާނަލް ޢަބްދުލްޣަނީީ އަކީ 1960 ވަނަ އަހަރު އޯގަސްޓްް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޣަނީ ދިވެހި އަސްކަރިއްޔާގައި ހިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ހިދުމަތް ކުރެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގައި ކަނޑުމަތީގެ ހިދުމަތްތަކުގަ އެވެ. އަދި ސިފައިންގޭގައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ހިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި ނުވަ ކުލައާ ހަތް މެޑަލް ލިބިވަޑައިގެންފައިވެ އެވެ.

ޣަނީގެ ދަރިކަނބަލުން އަވަސް އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ކޮވިޑް ޖެހުނުކަން އެނގުނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށާއި އޭގެ އަނެއް ދުވަހުން ފެށިގެން ހުޅުމާލޭގައި ހުންނަ ކޮވިޑް-19 ފެސިލިޓިގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް ހާލު ސީރިއަސްނުވާ ކަމަށާއި ނިޔާވީ ހިތްހުއްޓިގެން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކާނަލް އަބްދުލް ޣަނީ މަރުވި އިރު އުމުރުފުޅަކީ 82 އަަހަރެވެ.