ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: ކަށުކަމާކެމީގެ ކަންކަމަށް ސިފައިން ތަމްރީނު ކޮށްފި

Apr 19, 2020
2

ކޮވިޑް-19 ގައި ރާއްޖެއިން މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަން ކަމަށް ސިފައިން ތަމްރީނު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން ސިފައިންނަށް އެފަދަ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

ސިފައިންގެ 15 މީހަކު ބައިވެރިވި މި ތަމްރީން ޕްރޮގްރާމްގައި ކޮރޯނާ ވައިރަހުގައި މީހަކު މަރުވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި، އެމީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދިނެވެ.

ކޮވިޑްގައި މީހަކު މަރުވެއްޖެ ނަމަ އޭނާ ފެނުން ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރަނީ އެވެ. ނަމަވެސް ހަށިގަނޑު އަންދާލުމަކީ ދީނީ ގޮތުން ހުއްދަ ކަމެެއް ނޫނެވެ.

ކޮވިޑްގައި މީހަކު މަރުވެއްޖެނަމަ އާއިލާއަށް މޫނު ދެއްކުމާއި، ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި ގުޅޭގޮތުން ހާއްސަ ގައިޑްލައިނެއް ވަނީ ތައްޔާރު ކޮށްފަ އެވެ. ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މި ދުވަސްވަރު މަރުވާ މީހުންގެ މޫނު ދެއްކުން ވެސް މާލޭގައި ކުރިއަށް ނުގެންދެ އެވެ. އަދި އާއިލާގެ މީހުންނަށް ނޫނީ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތެއް ވެސް ނުދެ އެވެ.