ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތުއްތު ކުއްޖަކާ ދެ އަންހެނުން ޕޮޒިޓިވްވެއްޖެ

ހޯމް ކަރަންޓީންގައި ތިބި އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ހޯމް ކަރަންޓީން ތިބި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކ. ގުޅިން ޕޮޒިޓިވްވީ ދެ މަހުގެ ތުއްތު ކުއްޖަކާއި ރ. އިނގުރައިދޫން ޕޮޒިޓިވްވި 36 އަހަރުގެ އަންހެނެއްގެ އިތުރުން އދ. އޮމަދޫއިން ޕޮޒިޓިވްވި 58 އަހަރުގެ އަންހެނެކެވެ.

މި ރަށްރަށުގެ އިތުރުން އިތުރު 20 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. އެއީ ހއ. ފިއްލަދޫ، ހދ. ކުރިނބި، ބ. ކުޑަރިލިކު، ކ. ތުލުސްދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ހިތަދޫ، ހއ. އިހަވަންދޫ، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ކ. ހިންމަފުށި، ވ. ކެޔޮދޫ، ތ. ވިލުފުށި، އައްޑޫ ސިޓީ ފޭދޫ، ހދ. ނާވައިދޫ، ބ. ކަމަދޫ، ޅ. ނައިފަރު، އދ. މާމިގިލި، ވ. ތިނަދޫގެ އިތުުރުން ފުވައްމުލަކު ސިޓީއެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަމުން މިންވަރު އިތުރުވެފައިވާއިރު ކޮންމެ ދުވަހަކު ސަތޭކަށްވުރެ ގިނަ މީހުންނަށް ދަނީ ބަލި ޖެހެމުންނެވެ. ރާއްޖޭގެ އަަދަދު މިހާރު ވަނީ 6,370 އަރާފައެވެ. އަދި ކޮވިޑް ބަލީގައި މިހާތަނަށް 25 މީހަކު ވަނީ މަރުވެފައެވެ. ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވީ މިއަދުއެވެ.