ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަންބަރެއް ނުވެއްޓޭ: 194 މީހުން ޕޮޒިޓިވް

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 194 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އިއްޔެވެސް 145 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 191 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށާ އަނެއް ތިން މީހަކީ އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 167 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ސްރީލަންކާ މީހަކާއި ނޭޕާލް މީހަކާއި ތައިލެންޑް މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6564 އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑުން ރަނގަޅުވީ 97 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 4012 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2527 މީހުންނެވެ. ކޮވިޑްގައި 25 މީހަކު ވަނީ މަރުވެފައެވެ.

މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 166 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ދުވަހެވެ.