ވިޔަފާރި

ދިރާގުން ސެމްސަންގް ފަހުގެ ފޯނުތައް ޕްރީއޯޑަރަށް

Aug 22, 2020
1

ރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން، ސެމްސަންގް ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ ނޯޓް 20 އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރަށް ހުޅުވާލައިފި އެވެ.

ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގުން ވަނީ އެ ކުންފުނި މެދުވެރިކޮށް މި ފޯނުތައް ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ދަށުން ހަ މަސް ދުވަހަށް 10ޖީބީ ޑޭޓާ ހިލޭ ލިބޭ ގޮތް އިންތިޒާމު ކޮށްފަ އެވެ. އަދި ނޯޓް 20 ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އެއް ވެސް ލިބޭނެ އެވެ. މީގެ އިތުރުން ސެމްސަންގް 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވްއެއް ދޭނެ އެވެ. މި ދެ ފޯނަކީ ވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނު ތަކެކެވެ.

އެ ކުންފުނިން ގެލެކްސީ ނޯޓް 20 5ޖީ ގެ ފޯނުތަކުގެ ދެ ކުލައެއް ލިބޭނެ އެވެ. ލިބެން ހުރީ ސެމްސަންގެ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން އެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީގެ މިކްޓިކް ބްރޯންޒް އާއި މިސްޓިކް ބްލެކް ވެސް ލިބޭނެ އެވެ.

ސެމްސަންގް މި ދެ ފޯނަކީ ވެސް 5ޖީ ބޭނުން ކުރެވޭނޭ ފޯނު ތަކެކެވެ. މި ފޯނު ތަކަކީ ގޭމް ކުޅޭ މީހުންނާއި "ޕަވާ ޔޫސާސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނު ތަކަކެކެވެ. ސެމްސަންގް އިން ވަނީ މި ދެ ފޯނުގެ ޑިސްޕްލޭ ފުރިހަމަކޮށްފަ އެވެ. ސެމްސަންގް ގެލެކްސީ ނޯޓް20 ގެ ސްކްރީންގައި 6.7 އިންޗް ހުރެ އެވެ. އަލްޓަރާ 20 5ޖީ ގެ ސްކްރީން ސައިޒަކީ 6.9 އިންޗެވެ.