މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 96 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އިއްޔެ 194 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 96 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުންނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 64 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ މީހަކާއި ސްރީލަންކާގެ 26 މީހަކާއި ނޭޕާލް މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6,660 އަރާފައެވެ.
އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑުން ރަނގަޅުވީ 101 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 4113 އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2521 މީހުންނެވެ. ކޮވިޑްގައި 26 މީހަކު ވަނީ މަރުވެފައެވެ.
މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 169 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ދުވަހެވެ.