ހަބަރު

މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

Aug 23, 2020
1

ހުޅުމާލޭގައި ރޭ ހިނގި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ހުޅުމާލޭގެ ފްލެޓެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައިގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ހަތަރު މީހަކަށް ކުދި އަނިޔާވެފައިވީ ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން މި މައްސަލަ ތަހްުގީގު ކުރަމުންދާއިރު މިއީ ކިހިނެތްވެގެން ހިނގި މާރާމާރީއެއް ކަން އަދި ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ.