ހަބަރު

ޔޫރޯ މާކެޓިން ފަޅާލައިގެން ވައްކަން ކޮށްފި

Aug 23, 2020

ޔޫރޯ މާކެޓިން އޮފީސް ފަޅާލައިގެން ރޭގެ ވަގުތެއްގައި ވައްކަން ކޮށްފި އެވެ.

ޔޫރޯ މާކެޓިންގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ އެ ކުންފުނީގެ އޮފީސް ފަޅާލައިގެން ވަދެފައިވާ ސީދާ ގަޑިއެއް ބުނަން ނޭނގޭ ކަމަށެވެ. އަދި މިހާރު ވެސް ފުލުހުން އޮފީހުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި އޮފީސް އެފުއް މިފުށަށް ޖަހާފަ އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ އަށް ރެޑްބުލް އެތެރެ ކުރާ ކުންފުނިން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި ގޮތުގައި ވަގުން ދެ ތިޖޫރި ފަޅާލާފައިވާ ކަމަށެވެ. އަދި ފަޅާލި މީހުން ސީސީޓީވީގައި ޓޭޕް އަޅާ ނުފެންނަ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ތިޖޫރީގައި ހުންނާނެ ވީކް އެންޑުގެ ސޭލްސް ވެސް. އެކަމަކު ހުރި ސީދާ އަދަދެއް މިވަގުތު ބުންނަ ދަތި،" އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތައް އަވަހަށް ބަންދު ކުރުމާއެކު މިފަދަ ބޮޑެތި ވައްކަންތައް ކުރެ އެވެ. ފަހުން އެންމެ ބޮޑު އަދަދެއް ވަގުން ގެންގޮސްފައިވަނީ އެޕޯލޯގެ އޮފީސް ފަޅާލައިގެންނެވެ. އެ ފަހަރު ގެންދިޔަ އަހަރު މިލއަނަކަށް ވުރެ ގިނަ އެވެ.