އިދިކޮޅު ފަރާތްތައް

މާލެ ފިޔަވައި ހުރިހާ ރަށެއްގައި އިދިކޮޅުން މުޒާހަރާކުރަނީ

މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން އިދިކޮޅުން ނިންމައިިިފި އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ. މުޒާހަރާ ކުރިއަށްދާނީ ހުކުރު ދުވަހު ހަވީރު 4 ކުން 6 ކަށެވެ.

މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މިނަމުގައެވެ.

ޝުޖާއު ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ވަގުތު މުޒާހަރާ ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މުވައްޒިފުންނަށް މުސާރަދޭން ލޯން ނަގަންޖެހޭ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށާ ހަރުމުދާ ވިއްކައިގެން ގައުމު ތަރައްގީ ކުރަން ނުޖެހޭ ކަމަށެވެ. މުޒާހަރާގައި އެކަންކަމާއި ދެކޮޅަށް އަޑުއުފުލާނެ ކަމަށެވެ.