ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މާލެ ހިމޭން: ނުރައްކަލުގެ ރަނގަބީލު ގަދަވަނީ

ރޭ އިރާކޮޅިު 8:00 ޖެހުމާއެކު އަނެއްކާވެސް އިތުރު ފިޔަވަޅެއް އަޅައި ވަރުގަދަކޮށްފި އެވެ. އެ ފިޔަވަޅާއެކު ކާރުބާރު ބޮޑު، ބަރުގޮނާއި މީހުންގެ އަޑު ނުކެނޑޭ މާލެސިޓީ ހިމޭންވި އެވެ. ދުއްވާ އެއްވެސް އެއްގަމު އުޅަނދެއް ނުދުއްވޭ ގޮތަށް ނިންމައި ފުރުސަތު ދިނީ ހަމައެކަނި ފައިމަގުގައި އުޅޭ މީހުންނަށެވެ. މާލޭގެ އެންމެ ޕީކް ގަޑި، ރޭގަނޑު 8:00 އިން 10:00 އަށް އަދި، ވަކި ބަޔަކު ބޭރަށް ނުކުންނަ ދަން ގަޑި 12:00 އިން ފަތިހުގެ އިރު އެރުމާ ހަމައަށް މާލޭ ހިމޭނެވެ.

އިއްޔެ ތަންފީޒު ކުރަަން ފެށި މި ބަދަލާއެކު ފުލުހުންނާއި އެޗްޕީއޭއަށް އެންމެންގެ ނުރުހުން އަމާޒުވި އެވެ. "ޑިއުޓީ ނިންމާފައި ގެއަށް ދަނީ ކިހިނެތް ހެއްޔެވެ؟" "ފައިސާގެ ދަތިކަމެއްގައި ތިބި ހާލު ޓެކްސީއަށް އަރައިގެން ހަރަދުތަކެއް ކުރަންވީ ހެއްޔެވެ؟" "މިއީ ރައްޔިތުންނަށް ކުރާ ޖެއްސުމެއް ހެއްޔެވެ؟" ރައްޔިތުން ހޫނުވެ، އެތައް ޝަކުވާ އަކާއި އެތަކެއް ބައިވަރު ސުވާލެއް ސޯޝަލް މީޑިއާ އަށް އޮއްސާލި އެވެ.

ފުލުހުންގެ ނިންމުމަށް ސަޕޯޓު ކުރި ބަޔަކު ވެސް އުޅެ އެވެ. އެމީހުން ދެކޭ ގޮތުގައި މިފަދަ ނިންމުމަކުން ވެސް ބަލި މައިތިރި ވަންޏާ ވަރިހަމަ އެވެ. ފައިމަގުގައި އުޅެވޭ ގޮތް ހަދަންވީ އެވެ. ބޭނުމީ ކޮވިޑްގެ ކޭސްތައް މަދު ކުރުމެވެ.

ބޭރުގައި ގިނައީ ޒުވާނުން

އިއްޔެ އަމަލު ކުރަން ފެށި ބަދަލުގެ ކުރިން ވެސް މާލޭގައި ވަކި ވަގުތެއްގައި ކާފިއު އޮވެ އެވެ. ރޭގަނޑު 10:00 އިން ފަތިހު 5:00 ޒަރޫރީ ބޭނުމެއްގައި ނޫނީ ނުކުމެ ނޫޅެވެ އެވެ. ދެ ހަފުތާ އެއްހާ ދުވަހަށްފަހު ގެނައި މި ބަދަލާ ގުޅޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސުޕްރިޑެންޓެންްޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ކާފިއު ގަޑީގައި ބޭރުގައި އުޅޭތީ އެންމެ ގިނައިން ހިފަހައްޓާ ފިޔަވަޅު އަޅަން ޖެހިފައި ވަނީ ޒުވާނުންނާއި މެދު އުމުރުގެ މީހުނަށެވެ.

އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ 2869 މީހަކަށް ފުލުހުން އެޓެންޑްވި އެވެ. އެ އަދަދަކީ 19 ދުވަސްތެރޭ ފުލުހަށް ރެކޯޑްވި އަދަދެކެވެ.

ކާފިއުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 18 އަހަރުން ދަށުގެ 87 މީހުންނާއި 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން 2869 ހިފެހެއްޓި އެވެ. އަދި، 41 އަހަރާއި 65 އަހަރާ ދެމެދުގެ 291 މީހަކާއި 65 އަހަރުން މަތީގެ ދެ މީހަކު ހިފެހެއްޓި އެވެ. ޖުމްލަ 3249 މީހަކު ހިމެނެ އެވެ. މާސްކު ނާޅާ ބޭރުގައި އުޅުނު މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ ޒުވާނުންނާއި މެދު އުމުރުގެ މީހުނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ރޭގަނޑު 9:00 ޖަހާ އިރު ހޮޓާ ރެސްޓޯރަންޓުތައް ބަންދު ކުރި ނަމަވެސް ދަންވަންދެން މީހުން އުޅެ އެވެ. ފުލުހުން އެޓެންޑުވެ ސުވާލު ކުރާނަމަ ހިސާބު ނިންމަނީ ކަމަށް ބުނެ އެވެ.

ބައެއް މީހުން އަދިވެސް ކޮވިޑްގެ އަދަަދުތައް ސީރިއަސް އެއް ނުވެ އެވެ. އެއީ ހަމައެކަނި އަަަދަދުތަަކެކެވެ. ކޮވިޑްގެ ބިރު ކެނޑި ކޮންމެ ދުވަހެއްގައި ޕޮޒިޓިވްވާ ނަންބަރުތަކަށް ގިނަ މީހުން އާދަވެފައި ވެއެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުން ބަލާއިރު، ރާއްޖޭގައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 100 އެއްހާ މީހުނަށް ބަލި ޖެހެ އެވެ. މިދިޔަ ތިން ދުވަހު 500 މީހުންނަށް ޖެހުނެވެ. މިއީ ނިސްބަތުން ބޮޑު އަދަދެކެވެ. ކޭހަކާ ގުޅުން ނެތް ކޭސްތައް އިތުރުވުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް ހުރަހެއް ކަމަށް ޓެގް ޓީމުން ފާހަގަ ކުރެ އެވެ.

ކޭސްތައް ގިނަވެ ހޮސްޕިޓަލު އެނދުތައް މަދުވެއްޖެ ކަމުގައިވަންޏާ ޖެހޭނީ ޓްރައިއޭޖް އަކަށް ދާން. ކާކުތޯ ހޮސްޕިޓަލުގައި އެޑްމިޓް ކުރާނީ، ކާކުތޯ ވެންޓިލޭޓަރުގައި ފަރުވާދޭނީ، މިގޮތަށް ސެލެކްޓު ކުރަން ޖެހިއްޖެއްޔާ ވަރަށް އުނދަގޫ ކަމަކަށް ވާނީ، ބޮޑު ހިތާމައަކަށް ވެދާނެ
ޑރ. އަލީ ލަތީފް

ޑރ. ލަތީފް ވިދާޅުވީ އިއްޔެ ނެގި ފިޔަވަޅަކީ ކޭސްތައް ގިނަވިޔަ ނުދިނުމަށްޓަކައި ކޮންމެހެން ކުރަަންޖެހިގެން އެޅި ފިޔަވަޅެއް ކަމަށެވެ. ޓްރައިއޭޖް ހާލަތަށް ދިއުމަކީ ހިތާމަ ހުރި ދެރަކަމެއް ކަމަށާއި ރާއްޖެ ކަހަލަ ކުޑަ ގައުމެއް، އެންމެން އެންމެނަށް ދަންނަ އިރު ބަލިވެގެން އަންނަ ޕޭޝަންޓުންނާ ދޭތެރޭ އެކަހަލަ ގޮތަކަށް ސެލެކްްޓު ކުރަން ޖެހުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. ޔަގީނުންވެސް، ރާއްޖޭގެ އަދަދުތައް ތިރި އެއް ނުވެ އެވެ. ކޭސްތައް އިތުރުވެ، ގުޅުންނެތް ކޭސްތައްވެސް ދަނީ ބިރުގަންނަ ވަރަށް އިތުރުވަމުންނެވެ. އެޅި ފިޔަވަޅުތަކާ ދެކޮޅު ހެދޭނެ ޖާގަ އެހިސާބުން ކުޑަވެ އެވެ.

ސިއްހީ މަސައްކަތްތެރިން ވަރުބަލިވެއްޖެ!

މިހާރުގެ ހާލަތުގައި މިއޮތީ ސިއްހީ ނިޒާމަށް އެކީ ބުރަވެފަ އެވެ. ޑޮކްޓަރުންނާއި ނަރުހުންވެސް މަދުވެއްޖެ އެވެ. ޑރ. އަލީ ލަތީފްވެސް ފާހަގަ ކުރެއްވި ގޮތަށް، ފައިސާ ހުރިއްޔާ ސިއްހީ ސާމާނު ގެނެވިދާނެ އެވެ. އެކަމަކު ހިއުމަން ރިސޯސް އެއް ނެތެވެ. ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުން މިހާރުވެސް ތިބީ ވަރުބަލިވެ ގޮތް ހުސްވެފަ އެވެ. ޗުއްޓީ ދުވަހެއް ސަލާމެއް ނުބުނެ، ބައެއް މީހުން އާއިލާއާ ދުރުގައި އުޅޭތާ އެތައް ދުވަހެކެވެ. އެމީހުން ކޮންމެ ދުވަހަކު ޑިއުޓީއަށް ދަނީ އަަމިއްލަ ނަފްްސު ރިސްކަކަށް ލައިގެނެވެ.

އެޕިޑޮމިލޮޖިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވި ގޮތުގައި އެންމެންވެސް ދައްކަނީ އެނދު މަދުވާ ވާހަކަ އެވެ. އެމީހުންނަށް ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުން މަދުކަމެއް އަަންދާޒާ ނުކުރެވެ އެވެ. އާންމު ހާލަތުގައި ކޮންމެ ފަސް އެނދަކަށް ނަރުހެއް ލައިގެން ފަރުވާދެމުން ދިޔަ އިރު މިހާރު މަސައްކަތް ކުރަން ޖެހިފައި މިއޮތީ ކޮންމެ 30 އެނދަކަށް ނަރުހެއްގެ ގޮތުގައި ޑޮކްޓަރު ސިފަަ ކުރެއްވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، ޑރ. ނަޒްލާ މުސްތަފާ ތަކުރާރު ކުރެއްވީ ހަމަ މިވާހަކަ އެވެ. ކޮވިޑްގެ އިތުރުން، އެހެން ބަލިތަކަށްވެސް ފަރުވާދޭން ތިބީ ހަމަ އެއް ބަޔެއް ކަމަށާއި މިހާރު އެމީހުން ތިބީ އޯވާ ޑިއުޓީ ކޮށް ވަރުބަލިވެފަައި ކަމަށް ވިދާޅުވި އެވެ.

"..އަޅުގަނޑުމެންގެ ކެޕޭސިޓީ ވަރަށް ބޮޑަށް ފުލްވޭ. އަޅުގަނޑުމެންގެ ނަރުހުން ވަރަށް ބޮޑަށް ވަރުބަލިވެފައިވަނީ. ބައެއް މީހުން ފަސްކިލޯ ލުއިވެއްޖެ.. ހާޓްއެޓޭކެއް ޖެހިގެން އަންނަ މީހުންނަށްވެސް ފަރުވާ ދޭން މިތިބީ އެއް ބައެއް. އެހެންވީމަ މި ކެޕޭސިޓީގައި ހިފެހެއްޓުން ވަރަށް މުހިންމު."

އިއްޔެގެ ފިޔަވަޅުތަކާއެކުވެސް އަަނެއްކާވެސް ވޯނިން އެކެވެ. އުޅަނދުތަކުގައި ނޫޅެވޭތީ އެންމެން އެކީ ހިނގަން ނިކުންނަންވީ އެއް ނޫނެވެ. ނުރައްކާ ބޮޑުވަމުން އަންނަ އިރު، މިހާރު މިއޮތީ އަނެއްކާވެސް 'ފްލެޓަން ދަ ކާވްް' ކިޔަން ޖެހިފަަ އެވެ.