ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސިއްހީ އެހީތެރިން ތިބީ ވަރުބަލިވެފައި: ނަޒްލާ

ކޮވިޑްގެ ނަންބަރު އިތުރުވަމުންދާ މިންވަރަކުން ސިއްހީ އެހީތެރިން ކުރަންޖެހޭ މަސައްކަތް އިތުރުވަމުންދާ ކަމަށާ އެކަމުގެ ސަަަބަބުން ނަރުހުންނާއި ޑޮކްޓަރުން މިހާރު ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ފެންނަމުންދާ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށްވެސް ފަރުވާދޭން ތިބީ އެއްބައެއް ކަމަށެވެ.

އެކަމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީ ވަރަށް ބޮޑަށް ފުލްވޭ. އަޅުގަނޑުމެންގެ ނަރުހުން ވަރަށް ބޮޑަށް ވަރުބަލިވެފައިވަނީ. ބައެއް މީހުން ފަސްކިލޯ ލުއިވެއްޖެ. އޭގެ މާނައަކީ ކުރިން ހޮސްޕިޓަލްގައި އެޑްމިޓްވެފައިވާއިރު ރިލެޓިވްއާއެކު ހޮސްޕިޓަލްގައި އެ ތިބެނީ. އެކަމު މިހާރު ގިނަ ފަަހަރަށް ދުވަސްވީ ބޭފުޅުން އެކަނި އެނދުގައި އެ ތިބެނީ. އެކަހަލަ ހާލަތުގައި ނަރުހުންނަށްވެސް އަޅާނުލެވި ހިނގައިދާނެ،"

ނަޒްލާ ވިދާޅުވީ ސިއްހީ ހިދުމަތްތެރިންނަކީ ވަރަށް ބޮޑު ރިސްކެއްގައި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށާ އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އަދި ބަލި މީހުންނާއި ކޮންޓެކްޓްވުމުގެ ސަބަބުން މަސައްކަތާއި ދުރުގައިވެސް ތިބެން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މުޅި ނިޒާމު ބޮއްސުންލައިގެން ދިއުމުގެ ކުރިން ކޮވިޑްގެ ނަންބަރުތައް މަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"ހަމަ ސޭމް މި ނަރުހުންނާއި ޑޮކްޓަރުން މި ތިބީ ނޮން ކޮވިޑަސްވެސް. ހާޓްއެޓޭކެއް ޖެހިގެން އަންނަ މީހުންނަށްވެސް ފަރުވާ ދޭން މިތިބީ އެއް ބައެއް. އެހެންވީމަ މި ކެޕޭސިޓީގައި ހިފެހެއްޓުން ވަރަށް މުހިންމު،"