ދައުލަތުގެ ބަޖެޓް

ބަޖެޓް އިންފޯގްރެފިކްސް ހަދާނެ ބަޔަކު ހޯދަނީ

Aug 24, 2020

އަންނަ އަހަރަށް ލަފާ ކޮށް، ސަރުކާރުން ހުށަހަޅާ "ބަޖެޓް 2021" ގެ އިންފޯގްރެފިކްސް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބަޖެޓުގައިވާ މައުލޫމާތު މިނިސްޓްރީން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ދޭހަވާނެ ގޮތް ހެދުމުގެ ގޮތުން ބަޖެޓާ ގުޅޭ އިންފޯގްރެފިކްސް ތައްޔާރު ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ބަޖެޓު ފޮތުގެ ލޭއައުޓާއި އިންފޮގްރެފީ އާއި ފޮތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ.

އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.