ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ހަ ރަށަކުން 10 މީހަކު ޕޮޒިޓިވް ވެއްޖެ

ހަ ރަށެއްގެ ހޯމް ކަރަންޓީނުގައި ތިބި 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކަރަންޓީނުގައި ތިބި 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ރ. ދުވާފަރުން ތިން އަހަރުގެ ކުޑަކުއްޖަކާއި 55 އަހަރުގެ މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އެ އަތޮޅު ކިނޮޅަހުގައި ހޯމް ކަރަންޓިނުގައި ހުރި ފިލިޕީންސްގެ 53 އަހަރުގެ މީހަކުވެސް ޕޮޒިޓިވް ވެފައި ވެއެވެ. އަދި ކ. ހިންމަފުށީ ރިހިބިލިޓޭޝަން ސެންޓަރުން 32 އަހަރުގެ ފިރިހެނެކާއި 33 އަހަރުގެ ފިރިހެނަކު ޕޮޒިޓިވް ވެފައިވާއިރު ތ. އޮމަދޫން ދެ އަހަރުގެ ކުޑަކުއްޖަކާއި، 11 އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުޑަކުއްޖަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. މީގެ އިތުރުން ލ. ގަމުން އަށް އަހަރުގެ ކުއްޖަކާއި އައްޑޫ ސިޓީގެ ހިތަދޫން 24 އަހަރުގެ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

މި އެންމެންނަކީ ވެސް ކަރަންޓިނުގެ މުއްދަތު ހަމަވުމަށް ފަހު ދޫކޮށްލުމަށް ހެދި ޓެސްޓުން ޕޮޒިޓިވް ވެފައިވާ މީހުނެވެ،

މާލެ ފިޔަވައި ރާއްޖޭގެ އެކި ހިސާބުތަކުން މި ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ގިނައިން ޕޮޒިޓިވް ވަވީ މާލެއިން އެ ރަށަކަށް ގޮސް ކަރަންޓިނުގައި ތިބޭ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލިޖެހުނު މީހުންގެ އްދަދު ވަނީ 6779 އަށް އުފުލިފަ އެވެ. މިވަގުތު ކޮވިޑް ޖެހި ފަރުވާފައި ތިބީ 2531 މީހުންނެވެ. އެއީ 1968 ދިވެހިންނާއި 563 ބިދޭސީންނެވެ. ބަލި މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެނީ އަށް މީހަކަށެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 26 މީހުންނެވެ.


ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ސަރުކާރުގެ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެފައިވާ ގޮތުގައި މާލޭ ސަރަހައްދުގައި ހުރި ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ އެނދުގެ 62 ޕަސެންޓު މިހާރު ވެސް ވަނީ ފުރިފަ އެވެ. ހާލަތު އިތުރަށް ގޯސްވާނަމަ އަލުން ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.