ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސ. ހިތަދޫ

އެޗްޕީއޭ ބަންދުގެ ލިސްޓައް ހިތާދޫ އިތުރުކޮށްފި

ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ ލިސްޓައް ބ. ހިތާދޫ އިތުރުކޮށްފި އެވެ.

އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އަނެއްކާވެސް މިވަނީ މައްޗަށް ދާން ފަށާފަ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ އޮގަސްޓު މަހު 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މިދިޔަ މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ ދޭކަށް ދަށްވެފަ އެވެ. މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އާއި ފ. ނިލަންދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު 13 ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ލ. ގަން، ށ. ފީވަށް، ބ. ތުޅާދޫ، ނ. ހޮޅުދޫ، މ. މުލައް، ނ. ކެދިކުޅުދޫ، ކ. ގުރައިދޫ، ށ. ފުނަދޫ، މ. ދިއްގަރު، ގއ. ކޮލަމާފުށި އަދި ނ. މިލަދޫ އެވެ.

މިމަހުގެ މިހާތަނަށް ބަންދުކޮށްފައިވަނީ ހަތަރު ރަށެކެވެ. އެއީ މ. މުލި، ނ. މަނަދޫ، ށ. ގޮއިދޫ އަދި އިއްޔެ ލިސްޓައް އިތުރުކޮށްފައިވާ ބ. ހިތާދޫ އެވެ.

ރާއްޖެއިން އިއްޔެ 109 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 84 އެވެ.