ދުނިޔެ

މިސްކިތް ހަމަލާގެ ގާތިލު އެތައް އަހަރެއް ވަންދެން ރޭވި

ނިއުޒިލޭންޑްގެ ދެ މިސްކިތެއްގައި 51 މީހުން މަރާލި އޮސްޓްރޭލިއާގެ މީހާ އެ ހަމަލަ ރާވާފައި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެގެން ވީހާ ވެސް ގިނަ ބަޔަކު މަރާލަން ކަމަށް މިދިއަ ހޯމަދު ވަހު އޮތް ޝަރީއަތުގެ މަޖްލިސްގައި ބުނެފި އެވެ.

ދޮން ނަސްލަކީ އެހެން ނަސްލުތަކަށްވުރެ މަތީ ދަރަޖައިގެ ނަސްލެއް ކަމުގައި ގަބޫލު ކުރާ އުމުރުން 29 އަހަރުގެ ބްރެންޓަން ޓެރެންޓަށް އެތައް ކުށެއް ސާބިތުވެފައި ވެއެވެ. މީގެ ތެރޭގައި 51 މީހުން މަރާލުމުގެ ކުށާއި 41 މީހުން މަރަން އުޅުމާއި މީހުން މެރުމުގެ ޓެރަރިސްޓް ހަމަލައެއް ކްރައިސްޓް ޗާޗްގެ ދެކުނުގެ ސިޓީއެއްގައި ދިނުން ހިމެނެ އެވެ. އަދި މި ހަމަލަ އޭނާ ފޭސް ބުކްގައި ލައިވްކު ސްޓްރީމް ކުރި އެވެ.

ޓެރަންޓް މި ހަމަލަ ދިނީ މުސްލިމުންގެ ތެރޭގައި ބިރުވެރިކަން އުފެއުފެއްދުމަށް ކަމަށް އޭނަ ފުލުހުން ކައިރީ ބުނެފައިވާ ކަމަށް އިސް ޕްރޮސެކިއުޓާ ވިދާޅުވެފައި ވެއެވެ. އޭނަ ޝަރީއަތުގެ މަޖްލިހަށް ހާޒިރު ކުރިއިރު ހުރީ ދެއަތުގައި ބިޑިއަޅުވާފައި އަދި ޖަލު ހެދުންލައްވާފަ އެވެ.

ޝަރީއަތުގެ މަޖްލިސްގައި މަރުން ސަލާމަތްވި މީހުންނާއި މަރުވި މީހުންގެ އާއިލާގެ މެމްބަރުން ވާހަކަ ދެއްކި އިރު އެމީހުންނަށް ބަލަހައްޓައިގެ އޭނަ ހުއްޓެވެ. އެކަމަކު އޭނަގެ މޫނުމަތިން އޭނަ ކުރި ކުށާ ގުޅިގެން އެއްވެސް ކަހަލަ މޮޅިވެރި ކަމަަކާއި ހިތާމައިގެ އަސަރެއް ފެނިފައެއް ނުވެއެވެ.

"އަހަރެން ކަލެއަކަށް މާފު ނުކުރާނަން" މިސްކިތް ހަމަލައިގައި މަރުވި އެއް ޒުވާނެއްގެ މަންމަ ކަމަށްވާ މޭސޫރު ސަލާމާ ބުންޏެވެ. "އަމިއްލަ ނަފްސަށް ކުށެއް ނެތް 51 މީހުންގެ ފުރާނަ ކަލޭ ދުއްވާލީ. އަހަރެމެންގެ ކުށަކީ އަހަރެމެންނަކީ މުސްލިމުންކަމުގައި ކަލޭ ދެކުން."

ބްރެންޓަން ޓެރެންޓައް ބުރާސްފަތި ދުވަހުގެ ކުރިން ޝަރީއަތުގެ މަޖްލިސްގައި ހުކުމެއް ނުކުރާނެ އެވެ. އެއީ މަރުން ސަލާމަތްވި މީހުންނައި މަރުވި މީހުންގެ އާއިލާއަށް ކޯޓުގައި ވާހަކަ ދެއްކުމުގެ އިތުރު ފުރުސަތު ދިނުމަށެވެ.