ކަނޑުމަތީގެ ހާދިސާ

ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެ

Aug 25, 2020
1

ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މީހަކު ޒަހަމްވީ ގދ. ތިނަދޫ ބޭރުގައި މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓާލަން ފަޅުވެރިއަކު ކަނޑަށް ފުންމާލައި ވާ ނައްޓަން އުޅެނިކޮށް ބުރަފަތީގައި ޖެހިގެން ކަމަށެވެ. އެ ހާދިސާގައި އޭނާގެ ފައިގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ވެއެވެ.

އުމުރުން 25 އަހަރުގެ އެ ޒުވާނާ ޒަހަމްވީ ބުރަފަތިން ވާ ނައްޓަން އުޅެނިކޮށް ދޯނީގައި ހުރި މީހަކަށް އިންޖީނު ގިއަރަށް ލެވިގެނެވެ.

މިއަދު ހެނދުނު މި ހާދިސާއަށް ފަހު ޒަހަމްވި މީހާ މިހާރު ވަނީ ގދ، ތިނަދޫ ސަމަދު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާ ގެންގޮސް ދިނީ ސިފައިންނެވެ.