ވިޔަފާރި

ބީއެމްއެލްއިން 10 ހޮސްޕިޓަލަށް ފޭސް ޝީލްޑް ހަދިޔާކޮށްފި

Aug 25, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ބޭންކުން 10 ހޮސްޕިޓަލަކަށް 500 ފޭސް ޝީލްޑް ހަދިޔާކޮށްފައިވާ ކަމަށެވެ.

ފޭސް ޝީލްޑް ދިން ހޮސްޕިޓަލްތައް

  • އައިޖީއެމްއެޗް
  • ހއ. އަތޮޅު ހޮސްޕިޓަލް (ދިއްދޫ)
  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ)
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ވ. އަތޮޅު ހޮސްޕިޓަލް (ފެލިދޫ)
  • ފ. އަތޮޅު ހޮސްޕިޓަލް (ނިލަންދޫ)
  • ތ. އަތޮޅު ހޮސްޕިޓަލް (ވޭމަންޑޫ)
  • ގަން ރީޖަނަލް ހޮސްޕިޓަލް
  • ގއ. އަތޮޅު ހޮސްޕިޓަލް (ވިލިނގިލި)

ބީއެމްއެލް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން ގިނަ ހިދުމަތް ތަކެއް އޮންލައިންކޮށް ލިބޭނެ މަގު ފަހިކޮށް، އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމާއި، ޝޯޓް ޓާމް ފައިނޭންސިން އެއް ތައާރަފް ކުރުމާއި ޕާސަނަލް އަދި ހައުސިން އާއި ބިޒްނަސް ލޯނުތައް ފަސްކޮށްދިނުން ހިމެނެ އެވެ. އަދި ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދިނުމާއި ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލް އިން ލޯނު ދިނުން ހިމެނެ އެވެ.