ހަބަރު

ޔޫރޯ މާކެޓިން ފަޅާލުން: ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

ޔޫރޯ މާކެޓިން އޮފީސް ފަޅާލައި ބައި މިލިއަނެއްހާ ރުފިޔާ ވަގަށް ނެގި މައްސަލާގައި ތުހުމަތަށް މީހަކު ހައްޔަރު ކޮށްފި އެވެ.

ޔޫރޯ މާކެޓިން އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އެ ވައްކަމުގައި ގިނަ އަދަދެއްގެ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޔޫރޯ މާކެޓިންގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވި ގޮތުގައި ވަގުން ދެ ތިޖޫރި ފަޅާލާފައިވާ ކަމަށެވެ. އަދި ފަޅާލި މީހުން ސީސީޓީވީގައި ޓޭޕް އަޅާ ނުފެންނަ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތައް އަވަހަށް ބަންދު ކުރުމާއެކު މިފަދަ ބޮޑެތި ވައްކަންތައް ކުރެ އެވެ. ފަހުން އެންމެ ބޮޑު އަދަދެއް ވަގުން ގެންގޮސްފައިވަނީ އެޕޯލޯގެ އޮފީސް ފަޅާލައިގެންނެވެ. އެ ފަހަރު ގެންދިޔަ އަހަރު މިލިއަނަކަށް ވުރެ ގިނަ އެވެ.