ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޝަންގްރިއްލާ ރިސޯޓް ބަންދުކޮށްފި

Aug 25, 2020

އައްޑޫގައި ޝަންގްރިއްލާ ކުންފުނިން ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް ބަންދުކޮށްފި އެވެ.

ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ރަހީމް ފްލީން ސޮއެކޮށް އެ ރިސޯޓުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކުރި ވިޔަފާރި ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށާ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނެވިދާނެ ގޮތް ތަކެއް ބެލި ކަމަށެވެ. ނަމަވެސް ހިންގޭނެ އެއްވެސް ގޮތެއް ނެތުމުން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރާ 500 މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާނެ އެވެ.

ރާއްޖޭގެ ގިނަ ރިސޯޓު ތަކެއް ބަންދު ކޮށްފައިވުމުން ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.