ލައިފްސްޓައިލް

ރީނދޫ ކުލައިގެ ބުޅަލެއް ދުށިންތަ؟

ރީނދުލަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް ނަމަވެސް އެ ކުލަ ހޭކިއްޖެނަމަ ފިލުވާލަން ވަރަށް އުނދަގޫ އެއްޗެކެވެ. ކުރީ ޒަމާނުއްސުރެ ރީނދުލަކީ ވަރަށް ގިނަ ބަލި ބައްޔަށް މީހުން ބޭނުން ކުރާ އެއްޗެކެވެ. ޚާއްސަކޮށް ހަމުގެ މައްސަލަތަކަށް ރީނދުލުން ވަރަށް ރަނގަޅަށް ފަރުވާ ކުރެވެ އެވެ. ނަމަވެސް ރީނދުލުގެ އޮންނަނީ އެންމެ މައްސަލަ އެކެވެ. ލާ އަންނައުނުގައި ނުވަތަ އަތުގައި ނުވަތަ އެއްވެސް ތަނެއްގައި އެ ކުލަ ހޭކިއްޖެނަމަ ފިލުވާލަން ވަރަށް އުނދަގުލެވެ.

ތައިލެންޑްގެ އަންހެނަކަށް ރީނދޫ ބޭނުން ކުރުމުން ދިމާވީ މިފަދަ ކަމެކެވެ. އެ އަންހެންމީހާ ގެންގުޅުނު ހުދުކުލައިގެ ބުޅަލެއްގައި ފަންގަލް އިންފެކްޝަނެއް ހުރެގެން އެކަން ރަނގަޅުކުރަން އެމީހާ އެ ސޮރުގެ ގައިގައި ރީނދޫ ހޭކީ އެވެ.

ތަމްޕާ ސުޕާމަސް ކިޔާ މި މީހާ ބުޅަލުގެ ގައިގައި ރީނދޫ ހޭކުމުން އެ ސޮރުގެ ކެހެރިތައް މިހާރުވަނީ މުޅިން ރީނދޫ ވެފަ އެވެ.
އަސްލު ސުޕާމަސް ބޭނުންވީ ބުޅަލުގެ ގައިގައި އިންފެކްޝަން ހުރި ތަންތަނުގައި ރީނދޫ ހާކާށެވެ. ނަމަވެސް އެކަން ކުރަން އުޅެނިކޮށް އޭނާއަށް ބުލަލުގެ މުޅި ގައިގައި ރީނދޫ ހޭކުނީ އެވެ. މިހާރު އެސޮރު ހީވަނީ ރީނދޫ ފެން އެއްޗަކަށް ލާފައި ނަގާފައި އޮތް އެއްޗެއް ހެނެވެ.
މި ބުޅާ ކުރިން އޮތް ގޮތާއި މިހާރު އޮތް ގޮތުގެ ފޮޓޯތަކެއް ސުޕާމަސް ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އެ ބުޅާ ރީތިކުރަން ކުޑަކޮށް ބުޅަލުގެ މޭކަޕްވެސް ކޮށްފައިވާތަން މި ފޮޓޯތަކުން ފެނެ އެވެ.

ރީނދުލުގައި ޕްލެތޯރާ ކިޔާ މާއްދާއެއް އެކުލެވިގެން ވެއެވެ. މިއީ ބުޅަލުގެ ވަކިތަކުގައި އުފެދޭ ފަންގަލް އިންފެކްޝަނަށް ވަރަށް ރަނގަޅު އެއްޗެކެވެ. ރީނދޫ އުނގުޅީމަ އިންފެކްޝަން ރަނގަޅުވަނީ މި މާއްދާ އެކުލެވޭތީ އެވެ. އަދި ރީނދުލަކީ އިންފްލެމޭޝަން ކުޑަކޮށްދީ އިންފެކްޝަނުން ދިފާއު ކޮށްދޭ ވެސް އެއްޗެކެވެ.