ހަބަރު

މި ދައުރުގެ ފަހު ޖަލްސާ ހޯމަ ދުވަހު

Aug 26, 2020

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ރިޔާސަތުން މިއަދު އިއުލާނު ކޮށްފި އެވެ.

މަޖިލީހުގެ ހިނގަމުން މިދާ ދައުރު ނިންމައި މާދަމާއިން ފެށިގެން މަޖިލިސް ޗުއްޓީއަށްދާނެ ކަމަށް މީގެ ކުރިން ވަނީ އިއުލާނު ކޮށްފަ އެވެ.

ނަމަވެސް، މިއަދުގެ ޖަލްސާ ނިންމަވާ ލެއްވި އިރު ވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި، ދައުރެއްގެ ފަހު ޖަލްސާ، ހޯމަ ދުވަހު ބޭއްވުމަށް ގަވައިދުން ތަންދެ އެވެ.

"އެގޮތުން، އަންނަ ހޯމަ ދުވަހާ ހަމައަށް މި ދައުރު އިތުރުކޮށްފި ނަމަ، އަޅުގަނޑުމެންނަށް އަށް ބިލެއްގެ މަސައްކަތް އެބަ ނިންމާލެވޭ،" އިވާ ވިދާޅުވި އެވެ.

އެއާއެކު ކުރިން އިއުލާނުކުރި ގޮތާއި ހިލާފަށް، މި ދައުރުގެ ފަހު ޖަލްސާ އޮންނަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.