ދިވެހި ރައްޔިތުންގެ މާލީ ހަޒާނާ ހުސްވެގެން ދިޔައީ އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްނުދީ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު ބޭއްވި ސައިކަލް ބުރަށްފަހު ޕީޕީއެމް އޮފީސް ކުރިމަތީ ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ސަރުކާރުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށްފައިނުވާ ކަމަށެވެ. ރާއްޖެއަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށާ އެކަންކަން ހައްލު ކުރެވޭނީ އެންމެން ބައިވެރިކޮށް ކަމަށް ވަހީދު ވިދާޅުވިއެވެ. ނަމަވެސް އެ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ނުކުރެވި ނާގާބިލްވެފައި ތިބި މަންޒަރު. އެހެންވެގެން ޒުވާނުން އެ ނިކުތީ. ޒުވާނުންގެ ވާހަކައަކީ 'އިނަފް އިސް އިނަފް' އޭ. ދެން ރައްޔިތުންނަށް ކެތެއް ނުކުރެވޭނޭ،" ވަރަށް ޖޯޝްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ނުކުރެވި ނާގާބިލްވެފައި ތިބި މަންޒަރު. އެހެންވެގެން ޒުވާނުން އެ ނިކުތީ. ޒުވާނުންގެ ވާހަކައަކީ 'އިނަފް އިސް އިނަފް' އޭ. ދެން ރައްޔިތުންނަށް ކެތެއް ނުކުރެވޭނޭޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް
މި ސަރުކާރަށް އިދިކޮޅުން އަމާޒު ކުރަމުންދާ ކޮރަޕްޝަންގެ ތުހުމަތުތައް ތަކުރާރު ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ދައުލަތުގެ ހަަޒާނާ ހުސްވެގެން ދިޔައީ އެއްވެސް ކަމެއް ހައްލު ނުކުރެވި ކަމަށެވެ. އޭގެ ބަދަލުގައި ގައުމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެތައް ކަމެއް މިއަދު މެދުވެރި ކުރުވާފައިވާ ކަމަށް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަަކީ ދިވެހިންގެ މިނިވަންކަމަށް ކުޑަނަމަވެސް ބުރުއެއް އަރާނެ ފުރުސަތު ދޭނެ ބައެއް ނޫން. ދިވެހި ރައްޔިތުންގެ ލޭ އޮހޮރުވާލައިގެންވެސް އެ މިނިވަންކަން ދަމަހައްޓާނެ،" ވަހީދު ވިދާޅުވިއެވެ.