ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ ސިޔާސީ ބޭނުމެއްގައި ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި ސައިކަލް ބުރާއި ގުޅިގެންނެވެ. ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅާ ހުރި ކަމަށް ތުހުމަތުކޮށް ކަމަށެވެ.
"އޭގެ އިތުރުން އަޅުގަނޑު ވާހަކަ ދެއްކިލެއް ބާރުކަމުން ފަހަރެއްގައި ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެތީ އެހެންވީމަ މި ބާވަތުގެ ކަންކަމާއި ބެހޭ ގޮތުން އަޅުގަނޑާ ސުވާލު ކުރައްވަމުން ގެންދަވަނީ. ދެން މިއަދު އެކަންކަމާއި ގުޅޭގޮތުން އަޅުގަނޑު އެއްޗެއް ނުދަންނަވަން. އަޅުގަނޑު ގަސްތު ކުރަނީ އަޅުގަނޑުގެ ފަރާތުން މިކަމާއި ބެހޭ ގޮތުން ގާނޫނީ ވަކީލެއް ކަނޑައެޅުމަށްފަހުގައި ދެން މިކަމުގައި ކުރިއަށްދާން،"
ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ ހިތްހަަމަނުޖެހުން ބޮޑުވުމުން އެ ރައްޔިތުން މަގުމައްޗަށް ނިކުންނާނެ ކަމަށެވެ. އަދި އެއީ ކޮންމެހެން ވަކި ބަޔަކު ބާރު އަޅަައިގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ ހިތްތައް ކެކި އެރުނީމާ، ރައްޔިތުންގެ ހިތްހަމަނުޖެހުން މިހާ ބޮޑަށް އުފެދުނީމާ ރައްޔިތުން މަގުމައްޗަށްވެސް ނިކުންނާނެ. އެކަމަށް ބަޔަކު ހިތްވަރު ދޭކަށް ނުޖެހޭ... ނިކުންނާނެ، އަނެއްކާ އިހުތިޖާޖުވެސް ކުރާނެ. އިހުތިޖާޖު ކުުރުމަކީ ޑިމޮކްރަސީ އޮންނަ ގައުމެއްގައި ކުރައްވާ ކަމެއް. ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް،"
ރައީސް ވަހީދު ވިދާޅުވީ އެޗްޕީއޭގެ އުސޫލުތައް މުގުރާލާ ބަޔަކަށް އެމަނިކުފާނުވެސް އަދި އިދިކޮޅު ކޯލިޝަންވެސް ނުވާނެ ކަމަށެވެ. އެމަނިކުުފާނަކީ އެންމެ ކުރިން ފެށިގެން މާސްކު އަޅަން ބާރުއެޅި އެކަކު ކަމަށާ ހުކުރު ދުވަހުގެ އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދައްކަވަން ފަސޭހައަކަށް ކަމަށެވެ. ފުލުުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ސިޔާސީ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުވެސް މިއީ ދިވެހިރާއްޖޭގައި ރައީސްކަން ކޮށްފައިވާ މީހެއް. ދުވަހަކުވެސް، ދުވަހަކުވެސް ސިޔާސީ ބޭނުމަށްޓަކައި ފުލުުހުން ބޭނުންކޮށްފައެއް ނޯންނާނެ. ފުލުހުންގެ މުއައްސަސާ އަގުވައްޓާލުމުގެ މަސައްކަތް ކޮށްފައެއް ނޯންނާނެ،"
ރައްޔިތުންގެ ހިތްތައް ކެކި އެރުނީމާ، ރައްޔިތުންގެ ހިތްހަމަނުޖެހުން މިހާ ބޮޑަށް އުފެދުނީމާ ރައްޔިތުން މަގުމައްޗަށްވެސް ނިކުންނާނެ. އެކަމަށް ބަޔަކު ހިތްވަރު ދޭކަށް ނުޖެހޭ ނިކުންނާނެ، އަނެއްކާ އިހުތިޖާޖުވެސް ކުރާނެ. އިހުތިޖާޖު ކުުރުމަކީ ޑިމޮކްރަސީ އޮންނަ ގައުމެއްގައި ކުރައްވާ ކަމެއް. ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްޑރ. މުހައްމަދު ވަހީދު ހަސަން މަނިިކު | ކުރީގެ ރައީސް
ފުލުހަށް ހާޒިރުކުރުމަކީ ސިޔާސީ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ ބައެއް ސަބަބުތައްވެސް ވަހީދު ވިދާޅުވެ ދެއްވިއެވެ. ވަހީދު ވިދާޅުވީ "ދެ ރަދުން" ފޮތް ނެރުމަށް ރައީސް ނަޝީދު އެކި ތަންތަނުގައި ބޭއްވި އިވެންޓްތަކުގައި އެތައް ބަޔަކާއެކު މާސްކު ނާޅާ އުޅުއްވި ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންވަން އެއާޕޯޓަށް ވަޑައިގެން އެތައް ބަޔަކާއެކު އުޅުއްވީވެސް މާސްކު ނާޅާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
"މިހާރު މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެން ކުރިން ރާއްޖޭގެ ރައީސްކަން ކޮށްފައި ތިބި މީހުން ފުލުސް އޮފީހަށް ދަމާތަން. އަނެއްކާ އަޅުގަނޑު އެކަނި ގެންދަން ޖެހޭ ސަބަބެއްވެސް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުގެ ކުރިން ރައީސްކަން ކުރި ބޭފުޅާވެސް މިދޭތެރެއިން ފެނިއްޖެ އެ ބޭފުޅާ ނެރުއްވި ފޮތެއްގައި ސޮއިކުރަންވެސް މާސްކު ނާޅުއްވާވެސް މީހުންނާއެކު އުޅުއްވާތަން. އޭގެ އިތުރުން ފުރާވަޑައިގަންނަވަން ވަޑައިގެން އެއާޕޯޓްގައިވެސް އެތައް ބައިވަރު މީހުން ގޮވައިގެން މާސްކު ނާޅުއްވާ އިންނެވިތަން އަޅުގަނޑު ދުށިން. އެކަމަކު އެމަނިކުފާނު ނުގެނެސް އަޅުގަނޑު ގެނައީމާ އޭގެން ދޭހަވަނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑު މިއަދު ސަރުކާރުގެ އޮޕޮޒިޝަންގައި ހުރީމަ. އެހެން ނޫނިއްޔާ އަޅުގަނޑު ނުގެންދާނޭ،"
މިއަދު ފެނިގެން ދިޔައީ ސިޔާސީ ކަންކަމުގައި ފުލުހުން ބޭނުންކޮށް ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ސިޔާސީ ކަންކަން ކުރަން ފެށި މަންޒަރު ކަމަށް ވިދާޅުވެ ރައީސް ވަހީދު ވަނީ ރައީސް ސޯލިހަށްވެސް ފާޑުވިދާޅުވެފައެވެ. ރައީސް ސޯލިހަކީ މިހާރަށްވުރެ ފުދޭ ބޭފުޅަކަށް ވާންޖެހޭ ކަމަށާ އަދި ހިތްވަރު ހުރި ވެރިއަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެން ކުރިން ރާއްޖޭގެ ރައީސްކަން ކޮށްފައި ތިބި މީހުން ފުލުސް އޮފީހަށް ދަމާތަން. އަނެއްކާ އަޅުގަނޑު އެކަނި ގެންދަން ޖެހޭ ސަބަބެއްވެސް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުގެ ކުރިން ރައީސްކަން ކުރި ބޭފުޅާވެސް މިދޭތެރެއިން ފެނިއްޖެ އެ ބޭފުޅާ ނެރުއްވި ފޮތެއްގައި ސޮއިކުރަންވެސް މާސްކު ނާޅުއްވާވެސް މީހުންނާއެކު އުޅުއްވާތަން. އޭގެ އިތުރުން ފުރާވަޑައިގަންނަވަން ވަޑައިގެން އެއާޕޯޓްގައިވެސް އެތައް ބައިވަރު މީހުން ގޮވައިގެން މާސްކު ނާޅުއްވާ އިންނެވިތަން އަޅުގަނޑު ދުށިން. އެކަމަކު އެމަނިކުފާނު ނުގެނެސް އަޅުގަނޑު ގެނައީމާ އޭގެން ދޭހަވަނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑު މިއަދު ސަރުކާރުގެ އޮޕޮޒިޝަންގައި ހުރީމަ. އެހެން ނޫނިއްޔާ އަޅުގަނޑު ނުގެންދާނޭޑރ. މުހައްމަދު ވަހީދު ހަސަން މަނިިކު | ކުރީގެ ރައީސް
އިދިކޮޅު ސިޔާސީ ލީޑަރުން ނިކުމެ އެއްޗެއް ބުނާ ކޮންމެ ފަހަރަކު ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ވަރަށް "ގޮތެއް ފޮތެއް" ނެތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ގޮތެއް ފޮތެއް ނެތީއޭ،"
ވަހީދު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާ ސިޔާސީ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށީ ނާގާބިލްވުމުން ކަންކަން ފޮރުވަން ކަމަށެވެ. އަދި މިއީ ފެެއިލްވުން ފޯކަސް ގެއްލުވާލަން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މި ސަރުކާރު މި އޮތީ ފެއިލްވެފައި، މިކަން [ކޮވިޑް] ކޮންޓްރޯލް ކުރުމުގައި،"
ވަހީދު ވިދާޅުވީ އިދިކޮޅު ހަރަކާތްތަކުގައި އެމަނިިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާ އިދިިކޮޅުގެ އަޑުވެސް އިއްވާނެ ކަމަށެވެ.
"ހުކުރު ދުވަހު ތިޔަ ފެނިވަޑައިގެންނެވީ ކުޑަ މަންޒަރެއް. އަދި ކުރިއަށް އޮތްތާ އެއަށްވުރެ މާ ބޮޑު މަންޒަރު ފެނިގެންދާނެ. އަދި ސިޔާސީ ޕާޓީގެ ފަރާތުން ދައްކަން ޖެހޭ ވާހަކަތައްވެސް އަޅުގަނޑު ދައްކާނެ،" ރައީސް ވަހީދު ވިދާޅުވިއެވެ.