ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 109 މީހުން ޕޮޒިޓިވް

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑް-19 އަށް 109 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 106 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އެހެން މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 80 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 24 މީހަކާއި އިންޑިއާގެ ދެ މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި ނޭޕަލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 7578 އަރާފައެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 52 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 4925 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2619 މީހުންނެވެ. ކޮވިޑްގައި 28 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 184 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.