ހަބަރު

ތިން ގައުމަކުން އާ ސަފީރުން ކަނޑައަޅައިފި

Aug 31, 2020

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން، އެ ބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ރާއްޖެއަށް އާ ސަފީރުން ކަނޑައަޅާފައިވަނީ އަވަށްޓެރި ތިން ގައުމު ކަމަށްވާ ޕާކިސްތާން، ސްރީލަންކާ އަދި ބަންގްލަދޭޝްއިންނެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރަކީ އަތާރް މުހުތާރެވެ. ސްރީލަންކާއިން ކަނޑައެޅި ސަފީރަކީ ރޮހާނާ ބެއްޑާޖުއެވެ. އަދި ބަންގްލަދޭޝްއިން ކަނޑައެޅި ސަފީރަކީ ނަޒްމުލް ހަސަންއެވެ.

މި ބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށް ވަކިވަކިން ތިން ބައްދަލްވުން ބޭއްވެވިއެވެ. މި ބައްދަލްވުންތަކުގައި އެ ގައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.