މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އަހަރެންގެ މަގާމު އެބައޮތް: ތެމާ ޝިޔާމް

Oct 14, 2015

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ، ޑެޕިއުޓީ އެމްޑީއަކަށް ހުންނެވި، ތެމާ އަހުމަދު ޝިޔާމް ބޯޑުން ވަކިކޮށް، އެ ކުންފުނީގެ މެނޭޖްމަންޓަށް ސަރުކާރުން މިއަދު ބަދަލުތަކެއް ގެނައި ނަމަވެސް މަގާމުން ވަކި ނުކުރައްވާ ކަމަށް ތެމާ ޝިޔާމް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑަށް 100 ޕަސެންޓް ޔަގީން އަޅުގަނޑު މަގާމުން ވަކި ނުކުރާކަން. ވަކި ކުރި ކަމެއް އަޅުގަނޑަކަށް ނާނގާ. އެކަމަކު އެމްޕީއެލްގެ ތެރޭގައި ބަދަލުތަކެއް އުޅޭ ކަމާ އަޅުގަނޑާބެހޭ ބައެއް ވާހަކަވެސް އުޅޭ ވާހަކަ އަޑުއިވޭ،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ މަގާމުން ވަކި ކުރި ކަމަށް ރިޕޯޓް ކުރުމުން ރަހުމަތްތެރިންނާއި އާއިލާގެ މީހުންގެ ތިބީ "ޝޮކެއް" ގައި ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ސިޔާމް އެހެން ވިދާޅުވި ނަމަވެސް އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ވަނީ އެމްޕީއެލްގެ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން ނޭޝަނަލް ސެންޓަ ފޯދި އާޓްސް (އެންސީއޭ) ހިންގުމުން ވެސް ދުރުކޮށްފަ އެވެ.