ވިޔަފާރި

އެމްއެމްއޭއިން ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކޮށްފި

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބޭންކް ތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރު ކުރަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ބޭރު ފައިސާ ލިބުން ދަތިވެފައި ވާތީ، ރާއްޖޭގައި އޮތް ޑޮލަރުގެ ތާށި ކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭ އިން މިއަދުން ފެށިގެން ގެނައި ބަދަލާ ބެހޭ ގޮތުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ޕްރެޝަރު ކުޑަ ކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އޭޕްރިލް މަހާއި މެއި ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރު ކޮށްފައިވާ ކަމަށެވެ.

މި މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރާވާފައިވާއިރު، މި އަދަދު ހާއްސަ ކުރާނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ކަމަށް ބުނެފައިވެ އެވެ.

އިންފްލޭޝަން ހިފަހައްޓަން ފިޔަވަޅުތަކެއް

އެމްއެމްއޭ އިން އިތުރަށް ބުނި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނަގަނެ، މި ގެއްލުންތައް ކުޑަކުރުމަށްޓަކައި އެމްއެމްއޭ އިން ހާއްސަ ފިޔަވަޅު ތަކެއް އަޅާފައިވާނެ ކަމަށެވެ.

މާލީ ނިޒާމަށް ކުރިމަތި ވެދާނެ ލޮޅުންތައް ކުޑަކުރުމަށްއެޅޭ ފިޔަވަޅުތަކުގެ އިތުރުން ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް އައިސްދާނެ ޕްރެޝަރު ކުޑަކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ، ތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓުމަށް މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.

"އޭގެތެރޭގައި، އެކްސްޗޭންޖް ރޭޓަށް ކުރާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ބޭންކިންގ ނިޒާމުގެ ތެރޭގައި އިތުރަށް ދައުރުވާ ދިވެހި ރުފިޔާގެ އަދަދު މަނިޓަރީ ވަސީލަތްތައް މެދުވެރިކޮށް މެނޭޖްކުރުމާއި، ފޮރިން އެކްސްޗޭން އިންޓަވެންޝަން ސިޔާސަތުގެ ދަށުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ބޭރު ފައިސާ ފޯރުކޮށްދިނުން ހިމެނެ އެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން އިތުރަށް ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާގެ ބާޒާރަށް ޑޮލަރު ވިއްކުމުގައި އެމްއެމްއޭ އިން ހަރަދު ކުރަން ހުންނާނީ ރާއްޖޭގެ ރަސްމީ ރިޒާވް އިން ކަމަށެވެ.

"ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާ ކަމުން، ފަތުރުވެރިކަން މަޑު ޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭ އިން ދަނީ ކެނޑިނޭޅި މަސައްކަތް ތަކެއް ކުރަމުންނެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ރިޒާވް އަށް ކުރާ އަަސަރު ކުޑަކުރަން ފިޔަވަޅުތަކެއް

އެމްއެމްއޭ އިން ބުނީ ރިޒާވްއަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން، ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. މި ސްވޮޕްގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެމްއެމްއޭ އާއި ސަރުކާރާއި ގުޅިގެން ވަނީ އައިއެމްއެފް އަދި ބޭރުގެ އެހެނިހެން މާލީ އިދާރާތަކުން ތަފާތު އެކި މާލީ އެހީތެރިކަން ހޯދަމުންނެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެ އަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް ނިންމާފައިވެ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި މިހާރު ހުރީ 152 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ އެޗެ،