އައްޑޫ ސިޓީން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިއަދު ބުނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި އުމުރުން 37 އަހަރުގެ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުންނަކީ އައްޑޫ ސިޓީގަައި ހޯމް ކަރަންޓީންގައި ތިބި ބައެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެ ދެ މީހުން މާލެއިން އައްޑުއަށް ހޯމް ކަރަންޓީނަށް ދިއުމުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ވަނީ ނަގާފައެވެ. ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އެ ސާމްޕަލްްތަކުގެ ނަތީޖާ ލިބުމުންނެވެ.
ކޮވިޑް ބަލި މީހުން ފެންނަ މިންވަރު އިތުރުވަމުންދާއިރު ރަށްރަށައް ހޯމް ކަރަންޓީނަށް ފޮނުވާ ވަރަށް ގިނަ ބަަޔަކު ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އެކަމާއި ގުޅިގެން ހޯމް ކަރަންޓީނަށް ފޮނުވާ އުސޫލުތައްވެސް ވަނީ ހަރުކަށި ކޮށްފައެވެ.