ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތް ރަށަކުން 20 މީހުން ޕޮޒިޓިވްވެއްޖެ

ހަތް ރަށަކުން 20 މީހުން، މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއީ މި ފަހުން އަތޮޅުތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވި 20 މީހުންނަކީވެސް ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލުން ބަލި ޖެހިފައިވާ ކަން އެނގިފައިވާ މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ޅ. ނައިފަރުން ޕޮޒިޓިވްވި ހަތަރު މީހަކާއި ރ، އިނގުރައިދޫއިން ޕޮޒިޓިވްވި ހަތަރު މީހެއްގެ އިތުރުން ބ. އޭދަފުށިން ޕޮޒިޓިވްވީ ހަތަރު މީހަކު ހިމެނެއެވެ. ދެން ހިމެނެނީ ރަސްމާދޫއިން ޕޮޒިޓިވްވި މީހަކާއި ގއ. ދާންދޫއިން ޕޮޒިޓިވްވި ދެ މީހަކާއި ށ. ފީވަކުން ޕޮޒިޓިވްވި މީހެކެވެ.

ކުޑަހުވަދޫއިން ޕޮޒިޓިވްވެފައިވަނީ އުމުރުން ތިން އަހަރުގެ ފިިރިހެން ކުއްޖަކާއި އެއް މަހުގެ ފިރިހެން ކުއްޖަކާއި 24 އަހަރުގެ އަންހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ.

ނައިފަރުން ޕޮޒިޓިވްވީ 57 އަހަރުގެ އަންހެނަކާއި 18 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނެއް އަދި 27 އަހަރުގެ އަންހެނެކެވެ.

އިނގުރައިދޫއިން ޕޮޒިޓިވްވެފައިވަނީ 32 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކާއި، 52 އަހަރުގެ އިންޑިއާ ފިރިހެނަކާއި 26 އަހަރުގެ އަންހެނެއް އަދި 1 އަހަރުގެ އަންހެން ކުއްޖެކެވެ.

އޭދަފުށިން ޕޮޒިޓިވްވެފައިވަނީ ތިން މަހުގެ އަންހެން ކުއްޖަކާއި 42 އަހަރުގެ އަންހެނަކާއި ތިން އަހަރުގެ އަންހެން ކުއްޖެއް އަދި 64 އަހަރުގެ އަންހެނެކެވެ.

ދާންދޫއިން ޕޮޒިޓިވްވީ 19 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ. ރަސްމާދޫއިން ޕޮޒިޓިވްވީ 65 އަހަރުގެ ފިރިހެނެކެވެ. ފީވަކުން ޕޮޒިޓިވްވީ 54 އަހަރުގެ ފިރިހެނެކެވެ.