އެމްޓީސީސީ

ތިން ރަށެއްގެ މަސައްކަތް ދާގޮތް ކިޔައިދީފި

Sep 2, 2020

ތިން ރަށެއްގައި އެމްޓީސީސީން ކުރިޔަށް ގެންދާ މަސައްކަތްތަކްތައްކުގެ އަޕްޑޭޓް ބުނެދީފި އެވެ.

އެ ކުންފުނި އަޕްޓޭޑްކޮށްދީފައި ވަނީ އުތުރުގެ ހދ. ހަނިމާދޫގެ ބަނދަރުގެ މަސައްކަތާއި ދ. ހުޅުދެލީ ބަނދަރުގެ މަސައްކަތާއި ދެކުނުގެ ސ. މަރަދޫފޭދޫ ނަރުދަމާ ނިޒާމްގެ މަސއްކަތުގެ އަޕްޑޭޓެވެ.

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 20 ޕަސެންޓް ވަނީ ނިމިފަ އެވެ. އެ މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 43 ޕަސެންޓް މަސައްކަތް ވެސް ނިންމާފަ އެވެ،. އެރަށުގެ މަސައްކަތް ފެށީ މެއި 20، 2020 ގަ އެވެ. ހުޅުދެލި ބަނދަރުގެ މަސައްކަތުގައި ވެސް 20 ޕަސެންޓް ވަނީ ނިންމާފަ އެވެ. ފަޅު ފުންކުރުމުގެ 26 ޕަސެންޓް ނިންމި އިރު ހުޅުދެލީގެ މަސައްކަތް ފެށީ ޖޫން 25، 2020 ގަ އެވެ.

އައްޑޫ މަރަދޫފޭދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތަށް ބޭނުންވާ ޖެޓިން މެޝިންގެ ކްލިއަރެންސް ނިންމާ އައްޑުއަށް ގެންދަން ވަނީ ތައްޔާރުވެފަ އެވެ. މި އަންނަ ހަފުތާގެ ތެރޭގައި މަސައްކަތް ފަށާނެ އެވެ.