ލައިފްސްޓައިލް

ފިނިކޮށްލަން ބޯޓު ފިޔަގަނޑަށް އަރައިފި

މި މީހާ މި ކުރި ކަމަކުން ބޯޓުގައި ތިބި އެންމެންނަށް ތިބީ ޝޮކެއް ލިބިފަ އެވެ. މި މީހާ އެރީ ޔުކްރެއިން އިންޓަނޭޝަނަލް އެއާލައިންގެ ބޯޓެއްގެ ފިޔަގަނޑަށެވެ. އަދި އެ އެއާލައިނުން މިހާރު ވަނީ މި މީހާ ބްލެކްލިސްޓްކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ "ސަން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ހިނގި ހާދިސާއެއް ކަން ޔުކްރެއިން އެއާލައިނުން ވަނީ ޔަގީން ކޮށްދީފަ އެވެ. އެ އެއާލައިނުން ބުނެފައިވަނީ ގަވާއިދާ ޚިލާފަށް އެ މީހާ އިމަޖެންސީ ދޮރު އަމިއްލައަށް ހުޅުވައިގެން ފިޔަގަނޑަށް އަރައި ދެކޮޅަށް ހިނގީ ކަމަށެވެ. އެމީހާ އިމަޖެންސީ ދޮރު ހުޅުވީ ބޯޓު ގޭޓް 11 ކައިރިއަށް މަޑުކުރި ތަނާ ކަމަށް ވެސް އެއާލައިނުން ބުނެފައި ވެއެވެ.

"މަތިންދާބޯޓު ޖެއްސުމަށްފަހު އޭގައި ތިބި ހުރިހާ ފަސިންޖަރުން ކަހަލަ ގޮތަކަށް ބޯޓުން ފޭބިތަނާ މި އަންހެންމީހާ ގޮސް އިމަޖެންސީ އެކްސިޓް ދޮރު އަމިއްލައަށް ހުޅުވާފައި ފިޔަގަނޑު މައްޗަށް ފޭބީ. އޭރު އޭނާ އާއެކު ދަތުރުކުރި އޭނާގެ ދެ ދަރިން ތިބީ މަތިންދާބޯޓުން ފައިބާ އަހަރެންގެ ކައިރީގައި. އެ ކުދިންވެސް ތިބީ ހައިރާންވެފަ. ބުނި އެއީ އަހަރެމެންގެ މަންމަޔޯ،" އެ ބޯޓުން ދަތުރުކުރި މީހަކު ބުނެފައި ވެއެވެ.

ވަގުތުން އެމްބިއުލެންސާއި ޕޮލިސް އަދި ބޯޑާ ގާޑުން ގެނެސް މި މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތަކު ވެސް ނޫނެވެ. އަދި އެއްވެސް ޑްރަގެއްގެ އަސަރެއް ވެސް އެމީހާގެ ލެއަކު ނެތެވެ.