ހަބަރު

މޯލްޑިވް ގޭހަށް ގުޅާ ހޮޓްލައިން 1616 އަށް ބަދަލުކޮށްފި

މޯލްޑިވް ގޭހަށް ގުޅާ ހޮޓްލައިން ނަމްބަރު "1616" އަށް ބަދަލުކޮށްފި އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ގޭހަށް ގުޅާ އާ ހޮޓްލައިން ނަމްބަރު، 1616 ތައާރަފުކޮށް ދެއްވީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ 1616 ތައާފަރު ކުރި ނަމަވެސް އަދިވެސް ކުރީގެ ނަންބަރުން ވެސް ތިން ހަފުތާ ވަންދަން ހިދުމަތް ދޭނެ ކަމަށެވެ. އަދި ވިދާޅުވީ ގޭސް ހޮޓްލައިނުން 10 ސިކުންތުން މިހާރުވެސް ޖަވާބު ދޭނެ ކަމަށާއި އާ ހޮޓްލައިނާއެކު ހިދުމަތް ފޯރުކޮށް ދިނުން އަވަސްވެގެން ދާނެ ކަމަށެވެ.