ވިޔަފާރި

ދިރާގު ސްޓްރީމިން ބަންޑަލް ތަކަށް ޓިކްޓޮކް

Sep 6, 2020

ދިރާގު މޮބައިލް ކަސްޓަމަރުންނަށް ހާއްސަ ސްޓްރީމިން ބަންޑަލްތަކުގައި ސޯޝަލް މީޑިއާގައި މަޝްހޫރު މޮބައިލް އެޕްލިކޭޝަނެއް ކަމަށްވާ "ޓިކްޓޮކް" ހިމަނައިފި އެވެ.

މި ސްޓްރީމިން ބަންޑަލްގައި ހިމެނޭ އެހެން އެޕްތަކުގައި ނެޓްފްލިކްސް އަދި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިން އެޕްލިކޭޝަންތައް ހިމެނެ އެވެ. މި ބަންޑަލްތައް މިމަދުން ފެށިގެން 65 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭނެ އެވެ.

މި ބަންޑަލްތައް ދިރާގު މޮބައިލް އެޕްލިކޭޝަން ނުވަތަ ކީވޯޑް 343 އަށް އެސްއެމްއެސް ކުރުމުން ނެގޭނެ އެވެ.

ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެޕެކެވެ. މި އެޕްލިކޭޝަނަކީ ހަމައެކަނި ތަފާތު ހަރަކާތް ތަކާއި ހުނަރު ދައްކާލާ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕްގައި ކޮންޓެންޓް ތައްޔާރުކުރާ ބައެއް ފަރާތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ވެސް ހޯދެ އެވެ. ޓިކްޓޮކް އަކީ މިހާރު އެންމެ ފުޅާދާއިރާ އެއްގައި ކުރު މޮބައިލް ވިޑިއޯ ހިމެނޭ އެޕްލިކޭޝަނެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.