ހަބަރު

ޑުރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި

Sep 7, 2020

ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި ދެ ޕެކެޓާއި އެހެން ސާމާނު ފެނުނު ކަމަށެވެ. އަދި ތުހުމަތަށް ތިން ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އަނެއްކާ ވެސް އިތުރުވާން ފަށާފައިވާއިރު ފަހަކަށް މިފަދަ މައްސަލަތަކުގައި ހައްޔަރުވާ ކުޑަކުދިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އިއްޔެ ހައްޔަރު ކުރީ 21 އަހަރުގެ ތިން ޒުވާނުންނެވެ.