ހުޅުމާލޭގެ އިމާރާތަކުން ވެއްޓުނު މީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ އިމާރާތެއްގެ ތިން ވަނަ ބުރީގެ ބޭރުގައި ސިމެންތި ޖެހުމުގެ ކުރިން ހޮޅިއެއް އުޅުނު ބިދޭސީއަކު ވެއްޓި އޭނާއަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހާއަށް ހުޅުމާލޭގެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހާގެ ހާލު އެހާ ސީރިއަހެއް ނޫނެވެ.
ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.