ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

23 ރިސޯޓެއްގައި ކޮވިޑްޖެހިފައިވާ 65 މީހުން

ކޮވިޑް-19 އިގެ ބަލި މީހުން 25 ރަށެއްގައި އަދި 23 ރިސޯޓެއްގައި މި ވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިވަގުތު ކޮވިޑްގެ ބަލި މީހުން 23 ރިސޯޓެއްގައި އެބަތިބި ކަމަށެވެ. އަދި އެ ރިސޯޓްތަކުގައި 65 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 48 މުވައްޒިފުންނެވެ. ނަމަވެސް އެ ރިސޯޓްތަކުގެ މައުލޫމާތު ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން 25 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 89 މީހުން އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ހއ. އާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި އއ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ލ. އަތޮޅާއި ގދ އަދި ސ އަތޮޅުގެ އެކި ރަށްރަށުގައި އެބަ ތިއްބެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކުގެ ތެރެއިން ބ އަތޮޅު ފެސިލިޓީގައި އެކަކު ލ. ގަން ފެސިލިޓީގައި ދެ މީހަކު އަދި ގއ. ވިލިނގިލި ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެ އެންމެންނަކީ ވެސް އުމުރުން ދުވަސްވީ ކޮވިޑްގެ ހައިރިސްކު މީހުންނެވެ.