ވިޔަފާރި

ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ޝެރެޓަން ހުޅުވައިފި

Sep 9, 2020

ސިއްހީ ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކާއެކު، ޝެރެޓަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަލުން ހިދުމަތަށް ގެނެސްފި އެވެ.

ޝެރެޓަން މޯލްޑިވްސް ރިސޯޓުން ބުނި ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އެ ރިސޯޓް ޓޫރިސްޓުންނަށް ހުޅުވާލާފަ އެވެ. އެނބުރި ހިދުމަތަށް އައީ ރައްކާތެރިކަމުގެ ގިނަ މިންގަނޑު ތަކެއް ފުރިހަމަކޮށްގެނެވެ.

ޝެރެޓަންގެ ޖެނެރަލް މެނޭޖަރު އެމިލޯ ފޯޓިނީ ވިދާޅުވި ގޮތުގައި ރިސޯޓު ހުޅުވިއިރު އެންމެ އިސްކަމެއް ދީފައި ވާނީ މުވައްޒަފުންނާއި ޓޫރިސްޓުންގެ ރައްކާތެރި ކަމަށެވެ. އަދި އިތުބާރު ކުރެވޭ މާހައުލެއް ޓޫރިސްޓުންނަށް ހޯދައިދޭން ގިނަ ފިޔަވަޅު ތަކެއް އަޅާފައިވާނެ އެވެ. އެގޮތުން އާއްމުކޮށް ބޭނުން ކުރާ ސަރަހައްދުތައް ގަވައިދުން ޑިސް އިންފެކްޓް ކުރާނެ އެވެ.

އެ ރިސޯޓުން ބުނެފައިވާ ގޮތުގައި ރާއްޖެއަކީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ޓޫރިޒަމް ހިންގާ ގައުމަކަށް ވުމުން، މި ރިސޯޓަކީ މިހާރު އިޖުތިމާއީ ގައިދުރުކަން އެންމެ ފުރިހަމައަށް ގާއިމްވެފައިވާ ތަނެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައިވާ ޝެރެޓަން މޯލްޑިވްސްއަކީ ފަސް ތަރީގެ ރިސޯޓެކެވެ. މި ރިސޯޓުގައި 176 ކޮޓަރި ހަދާފައިވާއިރު، ހަތް ރެސްޓޯރެންޓާއި ތިން ސުވިމިން ޕޫލް މި ރިސޯޓުގައި އޮވެ އެވެ.