ހަބަރު

ދިރާގު ޓީވީ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް އިތުރުކޮށްފި

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް މިދިޔަ މަހު ފެށި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ދިރާގުން ބުނީ ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައި ދިނުމުގެ އިތުރުން، ދެ މަހުގެ މަހުފީ އަދި ޖޯއިބޮކްސް ވެސް (ޑީކޯޑާ) ހިލޭ ލިބޭނެ ކަމަށެވެ. މި ޕޮރޮމޯޝަން ކުރިޔަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެކެވެ. ދިރާގުން ރާއްޖޭގެ 73 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައި ވެއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީ ފޯރުކޮށްދީފައި ވެއެވެ.