މޯލްޑިވްސް އިމިގްރޭޝަން

ދިވެހިން އެތެރެވާއިރު ޕީސީއާރު ސެޓިފިކެޓް ބޭނުމެއްނުވޭ

ކޮވިޑް ޓެސްޓުން ނެގެޓިވްކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، އުސޫލަށް ބަދަލު ކުރި ނަމަވެސް ބޭރުން އަންނަ ދިވެހިން ޕީސީއާރް ސެޓިފިކެޓް ހުށައަޅަން ނުޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މާދަމާއިން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރް ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭގޮތަށް އުސޫލު ވަނީ ބަދަލު ކޮށްފައެވެ. މި ބަދަލާއެކު ރާއްޖެ އަންނައިރު ޕީސީއާރް ޓެސްޓުގެ ސެޓްފިކެޓެއް ހުށަހަޅަން ޖެހެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ރައްޔިތުންނާއި އެމްޕްލޮއިމެންޓް އެޕްރޫވަލް އޮންނަ މީހުނާއި ރާއްޖޭގެ ރެޒިޑެންޓް ޕާމިޓް އޮންނަ މީހުންގެ އިތުރުން އެއް އަހަރުން ދަށުގެ ކުޑަކުދިން ރާއްޖެ އަންނައިރު ޕީސީއާރް ޓެސްޓް ހުށައަޅަން ނުޖެހޭނެ ކަމަށެވެ. އަދި ފްލައިޓްތަކުގެ ކްރޫއިން ވެސް އޭގެ ތެރޭގަައި ހިމަނާފައި ވެއެވެ.