ރާއްޖެ ކުޅިވަރު

އެފްއޭއެމުން ހިންގާ ކޯސްތަކުން ފީ ނަގަން ނިންމައިފި

މީގެ ފަހުން އެފްއޭއެމުން ހިންގާ ކޯޗިން ކޯސްތަކުގައި ބައިވެރިވެވޭނީ ފީ ދައްކައިގެން ކަމަށް ހަމަޖައްސައިފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން މިއަދު ނެރުނު ބަޔާނުގައިވަނީ މީގެ ފަހުން އެއިދާރާއިން ހިންގާ ކޯސްތަކަށް ނަގާނީ 1500 އާއި 7000ރ. އަދަދެއް ކަމަށެވެ.

މި ގޮތުން އެންމެ ބޮޑު އަދަދެއް ނަގާނީ ފީފާ އޭލައިސަންސް ކޯހަށެވެ. 28 ދުވަހަށް ހިންގާ މި ކޯހުގައި ބައިވެރިވެވޭނީ 7000ރ. އަށެވެ. ބީ ލައިސަންސް ކޯހުގައި ބައިވެރިވެވޭނީ 5000ރ. އަށެވެ. މި ކޯހުގެ މުއްދަތަކަކީ ތިން ހަފުތާ އެވެ. އަދި 13 ދުވަހަށް ހިންގާ ސީ ލައިސަންސް ކޯހުގެ އަގަކީ 3000ރ. އެވެ.

މި ކޯސްތައް ހަދާފައިވާ ކޯޗަކު އަލުން ކޯސް ހަދަން ބޭނުންވާނަމަ 1500ރ. އާއި 3500ރ. އާ ދެމެދުގެ އަގެއް ދައްކަންޖެހޭނެ އެވެ. އެއީ އޭ ލައިސަންސް ކޯހަށް 3500ރ. އަދި ބީ ލައިސަންސް ކޯހަށް 2500ރ. އަދި ސީ ލައިސަންސް ކޯހަށް 1500ރ. އެވެ.

މީގެ ކުރިން އެފްއޭއެމުން ކޯސްތައް ހިންގަމުން އައީ މުޅިން ހިލޭ އެވެ. ނަމަވެސް ކޯސްތަކަށް ފީ ނަގަން ނިންމި ސަބަބެއް އެ އިދާއިދާރާއިން ނުބުނެ އެވެ.