ދުނިޔެ

އިންޑިއާގައި 86 އަހަރުގެ މުސްކުޅިޔަކު ރޭޕްްކޮށްފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރޭޕްގެ އާދަޔާހިލާފު އަދި ހައިރާން ކުރުވަނިވި ހާދިސާއެއްގައި ހިނގައިފި އެވެ. މި ރޭޕާ ގުޅިގެން މިހާރު ވަނީ އަދި ތިރީހުގެ އަހަރުތައް ގުނަމުންދާ ޒުވާން ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.

ރޭޕާ ގުޅިގެން ކޮމިޝަން ފޮ ވިމަންގެ ވެރިއާ ސްވަތީ މަލިވާލް ބީބީސީއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރޭޕްކޮށްފައި ވަނީ އުމުރުން 80 ހައަހަރުގެ މުސްކުޅި އަންހެނެއް ކަމަށާއި އޭނާއަށް އަށް މި ބަދުނަސީބު ހިތާމަ އާއި އަނިޔާ ދިމާވީ ކޮންމެ ދުވަހަކުވެސް އޭނާއަށް ބޭނުންވާ ގެރިކިރުފޮދު ހިފައިގެން އަންނަ މީހާގެ އިންތިޒާރުގައި ގޭގެ ބޭރު ދޮރާށި ކައިރީ ހުއްޓާ ކަމަށެވެ

ސުވާތީ ވިދާޅުވި ގޮތުގައި އެ ގޮތަށް އޭނާ ހުއްޓާ ނުދަންނަ ޒުވާން ފިރިހެނަކު ގޮސް ކިރު ގެންނަ މީހާ މިއަދު ނާންނާނެ ކަމަށާއި ކިރު ލިބޭނެ އެހެން ތަނަކަށް އޭނަ ގެންގޮސްދޭން އެދުނެވެ. އަދި އަންހެން މީހާ އިތުބާރުކޮށް އޭނަޔާއެކު ދިޔައެވެ. ނަމަވެސް ކަންތައްވީ ކުޑަކޮށްވެސް ހީވެސް ނުކުރާ ގޮތަކަށެވެ. .

އެ ފިރިހެން މީހާ ވަނީ މުސްކުޅި އަންހެން މީހާ ދަނޑު ބިމަކަށް ގެންގޮސް ރޭޕް ކޮށްފަ އެވެ. އަންހެންހެން މީހާ، އޭނައަކީ ރޭޕްކުރި މީހާގެ މާމަ އުމުރުގެ މީހެއް ކަމަށް ބުނެ އާދޭސްކޮށް ސަލާމަތްވާން މަސައްކަތްކު ރުމުން ވެސް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ އަނިޔާވެރިވެ، އޭނަ ރޭޕްކުރީ އެވެ .

އޭނާ ސަލާމަތް ކުރީ އެވަގުތު އެ ސަރަހައްދުން ދިޔަ ބަޔަކަށް އަންހެނަކު ރޯއަޑު އިވިގެން ގޮހެވެ. އެ މީހުން ވަނީ އަންހެން މީހާ ސަލާމަތްކޮށް ރޭޕްކުރި މީހާ ފުލުހާ ހަވާލުކޮށްފަ އެވެ.