ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިކޮމްގެ އެވޯޑުތައް މިއަހަރު ނުދޭން ނިންމައިފި

މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ އެވޯޑާއި މީޑިއާއަށް ދޭ އެވޯޑު މިއަހަރު ނެދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމައިފި އެވެ.

އައިކޮމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މައުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑާއި، އެންމެ ހިދުމަތްތެރި އިންފޮމޭޝަން އޮފިސަރު ހޮވުމާއި، މައުލޫމާތު ހާމަ ކުރުމުގައި އެންމެ ފާހަގަ ކުރެވޭ މީޑިއާއަށް ހާއްސަކޮށްގެން ތައާރަފް ކުރި އެވޯޑު މިއަހަރު ނުދޭން ނިންމާފައިވާ ކަމަށެވެ.

މި އެވޯޑުތައް މި އަހަރު ނުދޭން ނިންމާފައި ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެނެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން މި އެވޯޑުތައް ގަވާއިދުން ދޭނެ އެވެ. މީގެ ތެރެއިން މީޑިއާ އެވޯޑް ތައާރަފުކުރީ ވެސް މިއަދު އެވެ.

މި އެވޯޑުތަކަކީ ގާނޫނު އަސާސީގެ މާއްދާ 29 އިން އެކަށައަޅާފައިވާ ހައްގު، މައުލޫމާުތު ހޯދައި، ލިބިގަތުމުގެ ހައްގު ލިބިދޭކަން ކަށަވަރުކޮށް، އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑްތަކެކެވެ.