ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަނީ

ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ ބިދޭސީ ނަރުހުންގެ ބަދަލުގައި ބޭނުންވަނީ 42 ދިވެހި ނަރުހުން ކަމަށެވެ. މިއަދު ކުރި އެ އިއުލާނުގައި ބުނެފަ ވަނީ ރެޖިސްޓާޑް ނަރުހެއްގެ އަސާސީ މުސާރައަކީ 9،610 ރުފިޔާ ކަމަށެވެ.

ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ނަރުހެއްނަމަ އަސާސީ މުސާރައަކީ 9060 ރުފިޔާ ކަމަށް ވެސް ހެލްތުން ބުންޏެވެ.

އަދި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ ތެރެއިން ސަނަދެއް ހާސިލްކޮށްފައިވާ ނަރުހެއްގެ އަސާސީ މުސާރައަކީ 9،360 އާއި 9،670 ރުފިޔާ ދެމެދުގެ މުސާރަ އެއް ކަމަށެވެ.

މީގެ އިތުރުން ސީނިއާ ރަޖިސްޓާޑް ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 9،920 އިން ފެށިގެން 10,160 ދެމެދުގެ މުސާރައެއް ލިބިގެންދާއިރު، ކްލިނިކަލް ނަރުހަކަށް މަހަކު 10,660 އާއި 10,940 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.

މި ދުވަސްވަރަކީ ސިްހީ އެހީތެރިން ހުރިހާ ހޮސްޕިޓަލްތަކާއި ސިްހީ މަރުކަޒުތަކަށްވެސް ބޭނުންޖެހިފައިވާ ދުވަސްވަރެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލޭސިޓީގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިން ވަނީ އަރާމެއްނެތި ބުރަ މަސައްކަތްތކެއް ކޮށްފަ އެވެ. އަދި ގިނަ ސިއްހީ އެހީތެރިން ކޮވިޑަށް ޕޮޒިޓިވް ވެ އަދި ޕޮޒިޓިވް ވާ ފަރާތްތަކާ ކޮންޓެކްޓްވެ ކަރަންޓީނުވުމާއި ގުޅިގެން އަތޮޅުތެރޭގެ ބައެއް ރަށްރަށުން ނަރުހުންނާއި ޑޮކްޓަރުން ވަނީ މާލެ ގެނެސްފަ އެވެ.