އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެނގުންތަކާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
ފުލުހުން ބުުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި އާންމު ތަންތަނުގައި އެއް ފަހަރާ ގިނަ މީހުން އެއް ނުވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާާފައިވާ ކަމަށެވެ.
ނަމަވެސް އެ އެންގެވުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ބޭއްވުމަށް ރާވަމުން ދާާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިއްހީ ކުއްލި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށް ފުލުހުން އިލްތިމާސް ކުރާ ކަމަށެވެ. އަދި އެޗްޕީއޭގެ އިރުޝާދުތަކާ އެއް ގޮތަށް އަމަލު ކުރުމަށް ވެސް ފުލުހުން އެދޭ ކަމަށެވެ.
އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އެދިފައިވާ އިރު އަދި އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު މިއަދު ހަވީރު ވެސް އިދިކޮޅުގެ ޒުވާނުންގެ ސަައިކަލު ބުރެއް ބާއްވަން ވަނީ ނިންމާފަަ އެވެ. މިއީ ޕީޕީއެމް އާއި ޕީއެންސީގެ ޒުވާނުން އިސް ނަގައިގެން ބާއްވާ ދެވަަނަ ސައިކަލު ބުރެވެ.
މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރު ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފަށް އަމަލު ކޮށްފައި ވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.