އިދިކޮޅު ފަރާތްތައް

އިދިކޮޅު އެއްވުމުން 11 މީހަކު ހައްޔަރު ކޮށްފި

މިއަދު ކުރި މުޒާހަރާގައި އަޑު އުފުލަނީ: މިރޭ ވެސް މުޒާހަރާ ކުރިޔަށް ގެންދާނެ
100%
0%
0%

"އިންސާފު ކޮބާ" ނަމުގައި އިދިކޮޅުން މާލެއާ އަތޮޅުތެރޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން މާލެއިން 11 މީހަކު ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ އިސްވެރިންނާއި އާންމުން މިއަދު މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ފެށުމުން ފުލުހުން ވަނީ އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފަ އެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާ ކޮށްފަ އެވެ. އިދިކޮޅު އެއްވުމަށް ފުލުހުން ފުރުސަތު ނުދިނީ އެ ސަބަބާއި ގުޅިގެންނެވެ.

އެއްވުމުގެ ބައިވެރިން ހުއްޓުވާފައި ވަނީ ޕެޕާ ސްޕްރޭ ބޭނުން ކޮށްގެންނެވެ. ފުލުހުން މިއަދުު ވަނީ ވަރަށް ގިނަ ފަހަރު ގިނަ އަދަދަކަށް ޕެޕާސްޕްރޭ ބޭނުން ކޮށްފަ އެވެ. އެއްވުމުގެ ބައިވެރިވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ބޭނުން ކުރުމުން ބައެއް މީހުންނަށް ވަނީ އަނިޔާވެސް ވެފައެވެ. އެކަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ވެސް ޖެހުނެވެ.

މިއަދުގެ އެއްވުމުގެ ތެރެއިން 11 މީހަކު ވަނީ ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އިދިކޮޅު ދެ ޕާޓީގެ ކައުންސިލްގެ މެންބަރުން ވެސް ހިމެނެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މިރޭވެސް އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލުހޫ

ޔާމީނައް ހައްޖައް ދެވުނީމަ ފޮނި ބޮޑުވެގެން ބުނެވުނު އެއްޗެއްތަ އެއި މުޒާހަރާ ނުކޮއް ހައްޖައް ދާން

މާޒިނާ އަލީ

ދޫނިދޫ އައް ގެންދޭ

ބާހަރު

ކޮވިޑް އެލަވަންސް އެންމެ ހައްގީ ޔާމީނައް..ޖަލުގަ އޮވެ ކޮންފަދަ މަތިވެރި ގުރުބާނީއެއް އެވަނީ..ގައިމު އަމިއްލަ އައް އެކަހެރިވެގެން ނަޒްލާ ބުނީތީ

ސާދާ

އުވަގަށަން އުޅޭ ބައެއްތަމީ.ޔާމީނު އައްވެސް ހުތުރު

ނާދިރާ

ފްލެޓް ތައް ގޮވައިގެން މުޒާހަރާ އައް ނިކުންނަމަ..އޭރުން ދޮ އެސޮރުމެންގެ ހާލަތެއްވެސް އިނގޭނީ

މުނީރް

އެންމެ ފަހުން ޔާމީނު ނުކުންނަ އިރު ކަލޭމެން އެންމެން ހައްޔަރުކޮއްފަ ކަންނޭނގެ ހުންނާނީ

މުބީނު މާނީ

ޖަޒީރާ މެނިފެސްޓޯ ބުނާ ގޮތުން މި ސަރުކާރުން ޕެޕާ ސްޕްރޭއެއް ނުޖަހަނާ، އަދި ފުލުހާ ސިފައިންގެއަށް އެފަދަ ތަކެއް ހޯދުމެއްވެސް ނޯންނަނެ މިއަދު އެ ޖެހީ ކުރިން ހުރި އެއްޗެހިތައް ހުސްކޮށްލަން ވެގެން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345