އިދިކޮޅު ފަރާތްތައް

އަބްދުއްރަހީމާއެކު އިދިކޮޅު އެއްވުމުން ބަޔަކު ހައްޔަރުކޮށްފި

0%
0%
0%

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ. އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު މެންދުރުން ފެށިގެން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަން ކައިިރިއަށް އެއްވެވެސް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ.

އެއްވުމުގެ ތެރެއިން 18 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި އެއްވުން ލީޑުކުރަމުންދިޔަ ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުއާ ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ. އަދި ޕީޕީއެމްއާ ޕީއެންސީގެ ބައެއް ކައުންސިލް މެންބަރުންންވެސް ހިމެނެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އެ ކޯލިޝަނަށް ނިސްބަތްވާ ސަޕޯޓަރުން މިއަދު ކުރީ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ. އެ އިހުތިޖާޖުގެ ތެރެއިން ޕީއެންސީގެ ރައީސާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގިނަ އަދަދެއްގެ އާންމު މެންބަރުން ހައްޔަރުކޮށްފައިވާތީ އެ މީހުން ވަގުތުން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން މަސައްކަތްކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. އެ ފަހުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތާރީހުގައިވެސް އިންތިހާބު ނުބޭއްވޭނެކަން ވަނީ ޔަގީންވެފައެވެ.

އިންތިހާބު އަވަސް ކުރުމަށް މަޖިލީހުންވެސް ގާނޫނަށް ބަދަލުތަކެއް ގެެނެސްފައިވާއިރު އިންތިހާބު ބޭއްވޭނެ ޔަގީން ތާރީހެއް އަދި ނެތެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345