އިދިކޮޅު ފަރާތްތައް

އަންނަ ހުކުރުގައި މުޒާހަރާ ކުރާނެ: އިދިކޮޅު

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މުޒާހަރާއެއްގައި: ހުކުރު ދުވަހުެސް މުޒާހަރާ ކުރާނެ ކަމަށް ވަނީ ބުނެފައި -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
100%
0%
0%

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވަމުންދާ އެއްވުންތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވަނިކޮށް އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ކޯލިޝަންގެ ހަރަކާތްތައް އިންތިޒާމުކުރާ ކޮމެޓީގެ ޗެއާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ފުލުހުންގެ އިންޒާރަށް ބަލައި ފަހަތަށް ނުޖެހޭނެ ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވާއިރު އެ މަސައްކަތަށް އެއްވެސް މުއައްސަސާއަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

މުޒާހަރާއާ އިހުތިޖާޖުތައް ކުރިއަށް ގެންދަނީ ގާނޫނީ އިމުގެ ތެރެއިން އަދި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް އެޗްޕީއޭގެ ގާނޫނަކުން ރައްޔިތުންނަށް އޮތް އަސާސީ ހައްގުތައް ހަނިކޮށްފައެއް ނުވޭ. އެހެންވީމަ އަންނަ ހުކުރު ދުވަހު ވެސް މުޒާހަރާ އޮންނާނެ. އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުން،" މުހައްމަދު ވިދާޅުވި އެވެ.

ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ވިދާޅުވީ ރައްކާތެރި ކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ފިޔަވަޅުތަކަށް ނުބަލައި އެއްވުންތަކާއި ހިނގާލުންތައް ބާއްވާ ކަމަށެވެ. އެފަދަ ކަންކަން ކުރާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއްވުމެއް ބާއްވާނަމަ ވަގުތުން އެ އެއްވުމެއް ރޫޅާލާނެ ކަމަށާ ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ އެކަަން ކުރާނެ ކަމަށެވެ.

"މިފަދަ އެއްވުންތަކުގެ ބައިވެރިންނަށް އަޅުގަނޑު ދަންނަވަން އޮތީ މިއީ އެޗްޕީއޭގެ ގައިޑްލައިނާއި ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށްވާތީ މިފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް،" ޝަރީފް ވިދާޅުވިއެވެ.

ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް

ޝަރީފް ވިދާޅުވީ އެއްވުންތަކުގެ ސަބަބުން މުޅި މުޖްތަމައުއަށް އެކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ. މުޒާހަރާގެ ބައިވެރިންނާއި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނަށް ވެސް އެކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ. މި ހާލަތުގައި އެއްވުންތަކާއި މުޒާހަރާތައް ނުބޭއްވުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

"މިވަގުތު ހެދިފައިވާ ކޮންމެ ގަވާއިދަކީ އަދި އެންގުމަކީވެސް އެންމެންގެ ރައްކާތެރިކަމަަށްޓަކައި ހެދިފައިވާ ގަވާއިދުތަކެއް އަދި އެންގުންތަކެއް،" ޝަރީފް ވިދާޅުވިއެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ަސސަ

ކުރީގެ މުޒާހަރާތަކުންވެސް ފެނުން އެޗްޕީއޭ ގެ އެންގުންތަކަށް ތަބާވާ މިންވަރު.. މި ބައިގަނޑުގެ ބަލާ އހެން މީހުނަށް ޖެހެނީ.

ޖައިލީ

ސާބަހޭ< ރައީސް ޔާމީން ދޫކޮށްލާ

ޔާރާ

ހެހެ. މިހާރު ވެސް އީސީއިން މައްސަލަ ޖައްސާއިރަށް ޕީޕީއެމް ލީޑާރޝިޕް އިން ނުނަގާނެ ޒިންމާއެއް

ހައްވަ މަތީ

ޕީޕީއެމް އުވާލަން ވީ

ލިލީ މާ މީ

ބަލަ އެއީ މަނާ ކަމެކޭ. ފުލެޓޭ ކިޔާފަ އެއްވަނީ މީހުން ގިނަ ވޭތޯ. އެއްވެގެން ގޮވަނީ ޔާމީން ދޫކޮށްލަން.

ރަޝީދާ

ހަމީދު ދާނަންތަ މުޒާހަރާއަށް؟ އަވަސް ކުދިން ވާނެއްނު ދާން ދޯ؟

ނަތާޝާ

އަންނި ބުންޏަސް މިވާނީ ހަމަ ތެދަކަށް. އިނދިކޮޅުން ކުރަނީ މުޒާހަރާއެއް ނޫން. އެއީ ހަމަ ދެމީހަކު އެއްވެ ހިންގާ ސައްލާއެއް. ހައްހައްހާ

ރަޝީ

ސާބަހޭ ޕީޕީއެމް ގެ ހިތްވަރުގަދަ ފަހުލަވާނުންތައް. ތީ ހަމަ އެއް ވަނައިގެ ބައެއް. ވެއްޓޭ އިރަށް ޕީޕީއެމް ތެދުވާނެ. މި ޕާޓީ އަކާ ނުކުޅޭވޭނެ

ހައްވައިދީ

ފުރުސަތު ދީގެން ނުވާނެ. ތީ ބޮޑު ގޯހެއް

ކައިލީން

ޕީޕީ ކުދިންނަށް އެއްވެވޭތަ؟ ބަލަ ތި ދެން ހާދަ ހެއްވައޭ. މިހާރު ޔާމީނު ވެރިކަމުގައި ހުރި ނަމަ ލާހިކެއް ނޫން އެމްޑީޕީ އެއްވާކަށް. އެކަމު ޕީޕީ ކުދިން އެެއްވުން މަނާ ކުޜީމަ ވެސް އެއްވެވޭ. މިކަން އެބަ ޖެހޭ ހައްލު ކުރަން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345